ޚަބަރު

ހަރުކަށި ފިކުރުގެ މީހަކު މާޅޮހުން ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަރުކަށި ފިކުރަށް ތާއީދުކޮށް ދަރިންނަށް އިހުމާލުވަމުން ދިޔަ މީހަކު އއ. މާޅޮހުން ހައްޔަރުކޮށްފި އެވެ.

Ads by Sosun Fihaara

ފުލުހުން މިއަދު ބުނީ ދަރިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، ބައެއް ދަރިން އުމުރުން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުން ކައިވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ މާޅޮހަށް ނިސްބަތްވާ 45 އަހަރުގެ އެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވާ މިއަދު އެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މީގެ ކުރިން ރ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން އަދި ދައުލަތުގެ މުއައްސަސާތައް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!