ޚަބަރު ސިޔާސީ

ޓެކްސީ، ލޯންޗާއި އޮޑިދޯނި ފަހަރަށް ސަބްސިޑީ ދޭން ގޮވައިލައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު-- ފޮޓޯ// މަޖިލިސް

ޓެކްސީ، ލޯންޗު، އަދި އޮޑިދޯނި ފަހަރަށް ވަގުތީ ގޮތުން ސަބްސިޑީ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

މާލެ ސަރަހައްދުގައި ޓެކްސީގެ ހިދުމަތްދޭ ސެންޓަރުތަކުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ނިންމައިފައިވާ އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ހުއްދަ ނެތި ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްފި ނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދެއްވައިފައެވެ.

އެ މިނިސްޓްރީން ވިދާޅުވީ ޓެކްސީ ދަތުރުތައް ކޮށްދެވޭނެ އަގުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ފާސްކޮށްފައިވާ އިރު، އެއަށް ވުރެ ބޮޑު އަގުތަކެއް ނަގާ ނަމަ، ގާނޫނާ ގަވައިދުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވާ އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހިދުމަތުގެ އަގު ކޮންޓްރޯލްކުރަން ވާނީ ދެ ފަރާތަށް ވެސް ގެއްލުން ކުޑަވާނެ ގޮތަކަށް ކަމަށެެވެ.

ޓެކްސީގެ އަގު ބޮޑު ކުރަން ޖެހޭ ސަބަބެއް ސަރުކާރުން ވިސްނައި، ޓެކްސީ ދުއްވާ މީހުންނާއި އާންމުންނަށް ލުއިވާނެ ފަދަ ގޮތަކަށް އަމަލު ކުރުމަށް ވެސް އާދަމް ޝަރީފު ގޮވައިލެއްވިއެވެ.

ޓެކްސީ ޚިދުމަތަށް ޑްރައިވަރުން ގެންނަން ނިންމި ބަދަލު:

  • މާލެ ސިޓީގެ އެތެރޭގެ ދަތުރެއް- 30 ރުފިޔާ
  • ހުޅުމާލެ ފޭސް1 އަދި 2ގެ އެތެރޭގެ ދަތުރެއް- 25 ރުފިޔާ
  • މާލެއިން ހުޅުމާލެއަށް، އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރެއް- 100 ރުފިޔާ
  • މާލެ، ހުޅުމާލެއިން އެއާޕޯޓަށް، އަދި އެއާޕޯޓުން މާލެ، ހުޅުމާލެއަށް- 80 ރުފިޔާ
    ހުޅުމާލެ ފޭސް2އިން މާލެއަށް، އަދި މާލެއިން ފޭސް2އަށް- 120 ރުފިޔާ
  • މާލެ، އަދި ހުޅުމާލެއިން ސީޕްލޭން ޓާމިނަލްއަށް- 100 ރުފިޔާ
  • ހުޅުމާލެ ފޭސް2 އިން ސީޕްލޭން ޓާމިނަލްއަށް- 120 ރުފިޔާ
  • ހުޅުމާލެ ފޭސް 1 އިން ފޭސް 2އަށް- 40 ރުފިޔާ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!