ކޮވިޑަށް ފަރުވާކުރާ އައު ފެސިލިޓީއެއް ހުޅުމާލޭގައި ހުޅުވައިފި

ކޮވިޑް ބައްޔަށް ފަރުވާ ކުރުމަށް ހުޅުމާލޭގައި ހަދައިފައިވާ އައު ކޮވިޑް ފެސިލިޓީ ހުޅުވައިފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ކޮވިޑް-19ގެ ބަލި މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ހަދައިފައިވާ އާ ފެސިލިޓީ މިހާރު ހުޅުވައިފައިވާއިރު، އެ ފެސިލިޓީގައި ކުއްލި ފަރުވާއާއި އެޑްމިޓް ކޮށްގެން ދޭ ފަރުވާ ވެސް ވެސް ދެވޭނެ ކަމަށެވެ.
އެޑްމިޓް ކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަކޮށްފައިވާ 35 އެނދު އެތަނުގައި ހިމެނޭއިރު، އައިސީޔޫ ފަސް އެނދު ވެސް ހިމެނެއެވެ.
އައު ފެސިލިޓީ ހަދައިފައި ވަނީ އެޗްޑީސީން ޑިސްޓްރިބިއުޝަން ސެންޓަރެއްގެ ގޮތުގައި ކުރިން ބޭނުންކުރި އޮރެންޖު ހިޔާ އިމާރާތުގައެވެ. އެ އިމާރާތުގެ ސްޓްރަކްޗަރަށް މިހާރު ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.