ވިޔަފާރި

އެމްޕީއެލްގެ އަންހެން ޚިދުމަތްތެރިންނަށް ޚާއްސަ އެވޯޑެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފަރާތުން އެ ކުންފުނީގައި ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ އަންހެން ބޭކަނބަލުންނަށް އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއްދީފިއެވެ.

Ads by MWSC

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާގައި، އެމްޕީއެލަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައިވާ 12 އަންހެން މުވައްޒަފަކަށް ވަނީ އެވޯޑު ދީފައެވެ. މީގެ ތެރޭގައި 20 އަހަރު ވަންދެން ކުންފުންޏަށް ހިދުމަތް ކުރި މުވައްޒަފުން ވެސް ހިމެނެއެވެ.

މި އެވޯޑުތައް ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާނު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

މި ހަފުލާގައި އެމްޕީއެލަށް އެންމެ ގިނަ ދުވަސް ވަންދެން ހިދުމަތް ކޮށްދިން މުވައްޒަފު ފާހަގަކޮށް އެ މުވައްޒަފަށް ވެސް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ. ހަފުލާގެ އެންމެ ޝަރަފުވެރި އެއް އެވޯޑް އެމްޕީއެލްގައި 30 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތްކޮށް ހޯއްދެވީ ކާގޯ އެޕަރޭޝަންސް ޑިޕާޓްމެންޓްގެ ސީނިއާ ޗީފް މެނޭޖަރު ރަޒިއްޔާ މޫސާއެވެ.

އެމްޕީއެލަށް ގިނަ ދުވަހު ހިދުމަތްކޮށް އެވޯޑު ހޯދި މުވައްޒަފުން

  • ރަޒިއްޔާ މޫސާ: ކާގޯ އޮޕަރޭޝަންސްގެ ސީނިއާ ޗީފް މެނޭޖަރު
  • ފާތިމަތު ސާދުނާ: ސީނިއާ މެނޭޖަރު، ފައިނޭންސް
  • ފާތިމަތު ބަދޫރާ: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން މެނޭޖަރު
  • ރަހުމަތު: ސީނިއަ މެނޭޖަރު، ފައިނޭންސް
  • ފާތިމަތު އަލީ: އެޗްއާރު، އެސިސްޓެންޓް ޖެނެރަލް މެނޭޖަރު
  • ފާތިމަތު ނާޝިދާ: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން، ސީނިއާ މެނޭޖަރު
  • ފާތިމަތު ނާޒިމާ: މެނޭޖަރު، މާލެ ނޯތު ހާބާ
  • އަޒްލީމާ އަބްދުލްސަމަދު: އެޑްމިނިސްޓްރޭޓިވް އޮފިސަރު، ސެކިއުރިޓީ ސޭފްޓީ އެންޑް އިމަޖެންސީ ސާވިސަސް
  • އަމީޒާ އަލީ: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން، ސީނިއާ މެނޭޖަރު
  • ބިޝާރާ އަބްދުއްލަތީފު: އޮފީސް އެޓެންޑެންޓް
  • އައިޝަތު ސުނީޒާ: ސީނިއާ މެނޭޖަރު، ހުޅުމާލެ ޓާމިނަލް އޮޕަރޭޝަންސް
  • އައިޝަތު ޝިމްލާ: އެސިސްޓެންޓް ޖެނެރަލް މެނޭޖަރު، އެޑްމިނިސްޓްރޭޝަން

ގިނަ ދުވަހު ހިދުމަތް ކުރި އަންހެން މުވައްޒަފުންގެ އިތުރުން އެ ކުންފުނީގެ ސެކްރެޓެރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ވެސް ހާއްސަ އެވޯޑެއް އެ ހަފުލާގައި އެމްޕީއެލުން ވަނީ ދީފައެވެ. އެ އެވޯޑު ހަތަރު މުވައްޒަފަކަށް ލިބުނެވެ.

  • ފާތިމަތު ސިޔާނާ، ހިއުމަން ރިސޯސަސް ޑިވިލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ، އެޗްއާރު ޑިޕާޓްމެންޓް
  • މަރިޔަމް ފަރީޝާ، ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް
  • އައިޝަތު އަރީން އިލްޔާސް، ޑިސިޕްލެނެރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ، އެޗްއާރު ޑިޕާޓްމެންޓް
  • ސުހާ ޝަރީފު، އިންޓަވިއު ޕެނަލް ސެކްރެޓަރީ، އެޗްއާރު ޑިޕާޓްމެންޓް

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!