ވިޔަފާރި

ޑޭކެއަރ ސެންޓަރަކާއި ނަފްސާނީ ދުޅަހެޔޮކަމަށްދޭ ޗުއްޓީއެއް އެމްޕީއެލްއިން ތަޢާރަފް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ސީއީއޯ ޝާހިދު އަލީ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

އެމްޕީއެލްގައި ޑޭ ކެއަރ ސެންޓަރެއް ގާއިމްކޮށް ކުއްލި މައްސަލަތައް ނުވަތަ ހާދިސާތަކާ ގުޅިގެން ލިބޭ ނަފްސާނީ ގެއްލުންތައް ނުވަތަ "ޓްރޯމާ"ތަކާ ގުޅިގެން ނަފްސާނީ ގޮތުން އަރައިގަތުމަށްދޭ ޚާއްސަ ޗުއްޓީއެއް އެމްޕީއެލްއިން ތަޢާރަފްކޮށްފިއެވެ.

Ads by Sosun Fihaara

ޑޭކެއާ ސެންޓަރަކީ ވަޒީފާ އަދާކުރާ ވަގުތުު ކުދިން ބެލުމަށް ޚާއްސަ ސެންޓަރުތަކެކެވެ.

އެމްޕީއެލްއިން ވިދާޅުވީ، އެ ކުންފުނީގެ މެނޭޖްމަންޓުން ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ޑޭކެއާ ސެންޓަރެއް ގާއިމުކުރުމަށް ނިންމައިފައި ވަނީ، އެމްޕީއެލްގެ މުވައްޒަފުން ވަޒީފާ އަދާކުރާ ވަގުތު ރައްކާތެރިކަމާ އެކު ކުދިން ބައިތިއްބާނެ ތަނެއް އުފެއްދުމުގެ މަޤްސަދުގައި ކަމަށެވެ.

އެމްޕީއެލްގެ ޑޭކެއާ ސެންޓަރުގައި މަސައްކަތް ކުރާނީ ދާއިރާގެ ތަޖުރިބާ ލިބިފައިވާ މީހުން ކަމަށް ވެސް އެމްޕީއެލުން ވިދާޅުވިއެވެ.

ޑޭކެއަރ ސެންޓަރެއްގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޗުއްޓީއެއް އެމްޕީއެލުން ވަނީ ރޭ ތައާރަފް ކޮށްފައެވެ. މުސާރައާއި އިނާޔަތްތައް ލިބޭ ގޮތަށް އެ ޗުއްޓީ ދޭން ނިންމިކަން އިއުލާންކޮށްފައި ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރޭ ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެމްޕީއެލްއިން ވިދާޅުވީ، އެ ޗުއްޓީ ދޭން ޕޮލިސީއަށް ބަދަލު ގެނައީ ނަފްސާނީ ދުޅަހެޔޮކަމާއި މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅިފައިވާތީ ކަމަށެވެ.

މި ޗުއްޓީ ލިބޭ ކަންކަމުގެ ތެރޭގައި މާބަނޑު މުވައްޒަފެއް ބައިގެން ދިއުން، މުވައްޒަފެއްގެ މަންމަ ނުވަތަ އާއިލާގެ މީހަކު ނިޔާވުން ނުވަތަ އަލިފާނުގެ ހާދިސާއަކާ ގުޅިގެން ސަރުކާރުގެ ވަގުތީ ހިޔާތަކަށް ބަދަލުވުން ފަދަ ކަންކަން ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!