އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިތުރު ހަތަރު ކުންފުންޏަކަށް

ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމަށް އިތުރު ހަތަރު ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.
އުމްރާއަށް ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އަލަށް ދޫކޮށްފަ އިވަނީ ޒާއިރު ޕްރައިވެޓް ލިމިޓެޑާއި، ރައުޟާ ޕްރައިވެޓް ލިމިޓެޑާއި އުޙުދު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑަށެވެ.
މި ކުންފުނިތަކަށް ހުއްދަ ދޫކޮށްފައި ވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި ހަތަރު ކުންފުންޏާ އެކު ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަދީފައިވާ ކުންފުނިތަކުގެ އަދަދު ވަނީ 41އަށް އަރައިފައެވެ.
އިސްލާމިކް މިނިސްޓްރީއިން އުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިދިޔަ މަހުއެވެ.