ޚަބަރު

ނަޝީދު، އޭސީސީއަށް: ދައުލަތުގެ ކަންކަން ބައްލަވާ ގޮތައް އެހެން ކަންކަން ވެސް ރަނގަޅަށް ބައްލަވާ

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ގާތުން ބައްލަވާ ގޮތަށް އެހެން ކަންކަން ވެސް ރަނގަޅަށް ބެއްލެވުމަށް ރަައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

Ads by STELCO

ދެކުނު މަހާސިންތާ ގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިދިޔަ އޮކްޓޯބަރު މަހު ރައީސް ނަޝީދު އަމިއްލަ ބޭނުމެއްގައި ފުވައްމުލަކާއި އައްޑުއަށް ވަޑައިގަތުމުން ޓިކެޓު ޚަރަދަށް އިތުރު 444 ރުފިޔާ އަރާފައިވާ ކަން ފާހަގަކޮށް އޭސީސީން ވަނީ އެފައިސާ ދެއްކެވުމަށް ރައީސް ނަޝީދަށް އަންގަވާފައެވެ.

ނަމަވެސް އެ ފައިސާ ދެއްކެވުމުގެ ބަދަލުގައި އޭސީސީއާ ޗެލެންޖުކުރުމަށް ވަކީލުންނާއި އެހެނިހެން ބޭފުޅުން ހޯދުމަށް މާ ގިނަ ފައިސާ ޚަރަދު ވާނެތީ ނަޝީދު ވަނީ މަޖިލީހުގެ މެމްބަރުން އެމަނިކުފާނުގެ މަތިން އެ ފައިސާ ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކަންކަން ވީހާވެސް ގާތުން ބެއްލެވުމަކީ އޭސީސީން ކުރައްވާ ވަރަށް ކަމެއް ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަން އެހެން ހުރިހާ ކަމެއް ވެސް ރަނގަޅަށް ބައްލަވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

އޭސީސީން ފައިސާ ދެއްކެވުމަށް ނަޝީދަށް އެންގުމުން އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވީ އޭސީސީގެ ނިންމުމަށް ގޮންޖައްސަވަން ޖެހޭ ކަމަށެވެ. އަދި މިއީ އޭސީސީން މަޖިލީހުގެ ރައީސްގެ ކިބައިން ބަދަލުހިފުމަށް ކުރެއްވި ކަމެއް ކަމަށްވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!