ޚަބަރު

ތިން ހާސް މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަ ކުރުމަށް މުހުލަތެއް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސިޔާސީ ޕާޓީގައި މެންބަރުން ތިބެން ޖެހޭނެ ކަމަށް ކަނޑައަޅައިފައިވާ އަދަދަށް ވުރެ މަދުން މެންބަރުން ތިބި ޕާޓީތަކަށް މެންބަރުން ހަމަކުރުމަށް ތިން މަސް ދުވަހުގެ މުހުލަތެއް ދޭން އިލެކްޝަންސް ކޮމިޝަން، އީސީން ނިންމައިފިއެވެ.

Ads by Sosun Fihaara

އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި މިހާރު 11 ސިޔާސީ ޕާޓީއެެއް ރެޖިސްޓަރކޮށްފައި ވެއެވެ. އޭގެ ތެރެއިން ޤާނޫނުގައި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެންޖެހޭކަމަށް ކަނޑައަޅައިފައިވާ 3،000 މެމްބަރުން ހަމަ ނުވާ 4 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެއީ؛

  • މޯލްޑިވްސް ރިފޯމް މޫވްމަންޓް ( 2302 މެމްބަރުން)
  • މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ ( 2725 މެމްބަރުން)
  • މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (2489 މެމްބަރުން)
  • ދިވެހިރައްޔިތުންގެ ޕާޓީ (2280 މެމްބަރުން)

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މެމްބަރުންގެ އަދަދު ހަމަކުރުމަށް އިލެކްޝަން ކޮމިޝަނުން ދީފައިވާ ލުއިތަކަށް މިހާރު ނިމުން ގެނެސްފައިވާކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމާ ގުޅިގެން، ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަދަށް ސިޔާސީ ޕާޓީތަކުގައި މެމްބަރުންގެ އަދަދު ހަމަނުވާ ޕާޓީތަކަށް 3 މަސްދުވަހުގެ ނޯޓިސްއެއް ދިނުމަށް ނިންމައިފައިވާކަމަށް ހަބީބު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!