ޚަބަރު

ރައީސް ޞާލިޙް އައްޑޫއާއި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު--

ރައީސް އިބްރާހީމް މުހައްމަދު ޞާލިހް، މާދަމާ އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by MWSC

ރައީސް އޮފީހުން ވިދާޅުވީ ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ، ގަން، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދުއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅުގައި ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވައި ދެއްވައި، ބިން އިތުރުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އައްޑޫސިޓީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ. އަދި މީދޫގެ ބަނދަރު ހުޅުވައިދެއްވައި، ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވައިދެއްވުމުގެ އިތުރުން، ހިތަދޫގައި އިމާރާތްކޮށްފައިވާ މަސްޖިދު އިބްރާހީމް މިސްކިތް ވެސް ހުޅުވައިދެއްވުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، ރައީސް މާލެ ވަޑައިގަންނަވާނީ މިމަހުގެ 28ވަނަ ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!