ރެސިޕީ

ދެން ރެސިޕީ | ޕާން ބޯކިބާ

ރައުފާ ރަޝީދު ، ދެން އޮންލައިން
ޕާން ބޯކިބާ | ފޮޓޯ: ޗިލީސްއެންޑްލައިމް

ޕާން ބޯކިބަލަކީ ރާއްޖޭގައި ޒަމާނުއްސުރެ އަޅާ އުޅޭ ތަފާތު ފޮނި އެއްޗެކެވެ. މިއީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ބޯކިބަލެކެވެ.

Ads by WAMCO

ބޭނުންވާނެ ތަކެތި:

10 ފޮތި ހުދު ޕާން (ކުދިކުދި އެތިކޮޅުކޮޅު ހުންނާނެގޮތަށް ކުދިކޮށްފައި)

1 ދަޅު ގެރިކިރު

2 ބިސް

1 ސައިސަމުސާ ތެޔޮ

¼ ޖޯޑު  ކެޝޫ ނަޓް (ކުދިކޮށް ކޮށާފައި)

1 ސައިސަމުސާ ވެނީލާ އެސެންސް

2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

އެންެމެ ފުރަތަމަ އަވަން ހޫނުކުރަން ޖައްސާށެވެ. އަދި ކުދިކުދި އެތިކޮޅު ހުންނަ ގޮތަށް ކުދިކޮށްފައި ހުރި ޕާންތައް ބޯތަށްޓަކަށް އަޅައި އޭގެ ތެރެއަށް ހުރިހާ ޕާންތައް ފޯވާވަރަށް ފެން އަޅާށެވެ. ފެން އެޅުމަށް ފަހު 30 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެެވެ.

އެއަށް ފަހު ބޯތަށްޓަކަށް ބިސްކޮޅު އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ތެލާއި ގެރިކިރު އަޅައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކޮށްލާށެވެ. އެއްވުމުން ކުދިކޮށް ކޮށައިފައި ހުރި ކެޝޫ ނަޓް އަޅައި އަނެއްކާ ވެސް އެއްކޮށްލާށެވެ.

ރަނގަޅަށް އެއްވުމުން ފޯކުރި ޕާން އެއަށް އަޅައި އެއްކޮށްލާށެވެ. އެއަށް ފަހު ބޭކިން ޓްރޭގައި ތެޔޮކޮޅެއް ލުމަށް ފަހު އެއަށް އެއްކުރި ސާމާނު އޮއްސައިލައި ރީއްޗަށް މަތި އޮމާން ކޮށްލާށެވެ.

އަވަނުގެ ތެރެއަށް ޓްރޭ ލުމަށް ފަހު ރަނގަޅަށް ރޯފިލަން ދެން ފިހެލާށެވެ. ފިހެ ނިމޭ އިރު މައްޗަށް ހުންނާނީ ރަން މުށި ކުލަ އަރައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!