ރެސިޕީ

ދެން ރެސިޕީ: ބާގާ ބަންސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

2 މޭޒުމަތީ ސަމްސާ އީސްޓް

Ads by WAMCO

1 ޖޯޑު ހޫނު ފެން

1/3 ޖޯޑުު ތެޔޮ

1/4 ޖޯޑު ހަކުރު

1 ބިސް

1 ސައި ސަމްސާ ލޮނު

3 ޖޯޑު ފުށް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ބޮޑު ބޯތަށްޓަކަށް އީސްޓު އަދި ހޫނު ފެން އަޅާލާށެވެ. ދެންތެލާއި ހަކުރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލުމަށްފަހު 5 ވަރަކަށް މިނެޓު ވަންދެން ބަހައްޓާލާށެވެ.

5 މިނެޓު ފަހުން އެއަށް ބިހާއި ލޮނު އަޅައި އެއްކޮށްލާށެވެ. އަދި ފުށް އަޅައިރަނގަޅަށް މޮޑެލާށެވެ. 3 ނުވަތަ 5 މިނެޓު ވަންދެން ވަރަށް ރަނގަޅަަށްފުށްގަނޑު މޮޑެލާށެވެ.

ފުށްގަނޑު ރަނގަަޅަށް މޮޑެ ނިމުމުން 8 ބަޔަށް ބަހައިލާށެވެ. ދެން ކޮންމެބައެއް ވަކިން ނަގައި ވަށް ކުރުމަށް ފަހު ޓްރޭގައި ތަންކޮޅެއް ދުރުދުރުގައިއަތުރައިލާށެވެ. އޭގެ މަތީގައި ފޮތިގަނޑެއް ބާއްވާލުމަށް ފަހު 10 މިނެޓުވަންދެން ބަހައްޓާށެވެ.

10 މިނެޓު ވުމުން ފޮތިކޮޅު ނަގައި ބިސް ކޮޅެއް ކޮންމެ ފުށްކޮޅެއްގައި ވަކިންހާކާލާށެވެ. ބިސް އުނގުޅައި އޭގެ މައްޗަށް ސެސަމީ ސީޑް ކޮޅެއްބުރުވާލާށެވެ.

ދެން އަވަނުގައި 8،10 މިނެޓު ވަންދެން ފިހެލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!