ރެސިޕީ

ދެން ރެސިޕީ | ހަވާދުލީ ބިސް

ރައުފާ ރަޝީދު ، ދެން އޮންލައިން
ހަވާދުލީ ބިސް | ފޮޓޯ: މޯލްޑިވްސް ކުކް

ހަވާދުލީ ބިހަކީ އާންމު ގޮތެއްގައި އެންމެން ވެސް ކައި އުޅޭ މީރު ކުޅި އެއްޗެކެވެ.

Ads by WAMCO

ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް

¾ މޭޒުމަތީ ސަމުސާ ތެޔޮ

½ ސައިސަމުސާ ލޮނު

1 ފިޔާ

ގިތެޔޮ މިރުސް (ކުޅި ކުރަން ބޭނުންވާ ވަރަކަށް)

¼ ސައިސަމުސާ މުގުރި އަސޭމިރުސް

2 ހިކަނދިފަތް

1 ސަމްސާ ޓޮމާޓޯ ޕޭސްޓު

1 ޖޯޑު ކާށި ކިރު 

1 ޖޯޑު ކާށި ހުނި

1 މަސްދަޅު

ލުނބޯ (ބޭނުން ވަރަކަށް)

3 މޭޒުމަތީ ސަމްސާ ދިވެހި ހަވާދު

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފުށް, ލޮނު, ތެޔޮ އަދި ހޫނުފެން އެޅުމަށް ފަހު ފުށްގަނޑު ރަނގަލަށް މޮޑޭށެވެ. މޮޑުނު ފުށްގަނޑުން ކުދި, ވަށްކޮށް ހުންނަގޮތަށް ގުޅަ ހަދާލާށެވެ.

ފިޔާ, މިރުސް ކުދިކޮށް ކޮށާލުމަށް ފަހު އެއަށް ލޮނު އަޅާށެވެ. ލުނބޯ ހުތް ވެސް އަޅާލުމަށް ފަހު ރަނގަޅަށް މޮޑެށެވެ. ދެން ހުންޏާއި މަސް އަޅައި އެއްކޮށްލާށެވެ.

އެއަށްފަހު ކުރިން ގުޅަ ހެދި ފުށްގަނޑު ނަގައި އިނގިލިތައް ބޭނުންކޮށްގެން ތުނި ކޮށްލުމަށް ފަހު މޮޑުނު މަސްކޮޅުން އެތިކޮޅެއް ފުށްކޮޅަށް އަޅައި ފުށްގަނޑު ބައްދާލާށެވެ. އަދި ބިހެއްގެ ބައްޓަމަށް ގުޅަ ވަށާލާށެވެ. ފުށްގަނޑު ރަނގަޅަށް ބެދިފައި ހުރިތޯ ޔަގީންކޮށްލާށެވެ. ހުރިހާ ބިހެއް ހަދައި ނިމުމުން ހޫނުފެނުގައި ބިސްތައް ކައްކާލާށެވެ. ފެންގަނޑުގެ މައްޗަށް ބިސްތައް އެރުމުން އެހެރީ ނަގަން ވެފައެވެ.

ހަވާދުގަނޑު ކައްކަން ފިޔާ, މިރުސް, ހިކަނދި ފަތް, ލޮނު, އަސޭ މިރުސް އަޅައި ފިޔާ ރަތްކޮށްލާށެވެ. ދެން ޓޮމާޓޯ ޕޭސްޓާއި ދިވެހި ހަވާދު އަޅައި އެއްކޮށްލާާށެވެ. އެއްކޮށްލުމަށް ފަހު ކާށި ކިރުކޮޅު އަޅައި ކައްކާލާށެވެ. ބިސްތައް ކެކުމުން، ފެންގަނޑުގެ ތެރެއިން ނަގައި ތައްޔާރުކުރި ހަވާދު ގަނޑުގެ ތެރެއަށް ލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!