ޚަބަރު

ސާވިސް ޗާޖުގެ މައްސަލަ ހައްލު ކުރެވޭނެ، އަލީ ވަހީދަށް އިތުބާރު ކުރަން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިނިމަމް ވޭޖް އާއި ސާވިސް ޗާޖުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިތުބާރު ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގަތީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް އަލީ ވަހީދު ވިދާޅުވުމާ ގުޅިގެން އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އޭނާ އަށް އަމާޒުވުމުން ދިއުމާއި ގުޅިގެންނެވެ. އެންމެފަހުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.

އަލީ ވަހީދުގެ ދިފާއުގައި ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަލީ ވަހީދަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަމަށާއި އެހެންކަމުން އޭނާއަށް އެމްޑީޕީގެ ސިޔާސަތު ސާފުވާނެ ކަމަށެވެ. އަދި މިވީ އެއް އަހަރުތެރޭ ޓޫރިޒަމް މިނިސްޓްރީ ހެޔޮ ބަދަލުތައް އަންނަން ފަށާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަލީ ވަހީދު ދެއްކެވި ވާހަކަތައް ސާފުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޖުމްލަ ގޮތެއްގައި ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށްވެސް ސީދާ މިނިސްޓަރު ވިދާޅުނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުންގެ ވާހަކަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!