މިދިޔަ ހަފްތާގައި ކޮވިޑަށް ފައްސިވީ 665 މީހުން

މިދިޔަ ހަފުތާގައި 665 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ މަހުގެ 27އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ޖުމްލަ 665 މީހުން ރާއްޖެއިން މި ބައްޔަށް ފައްސިވެފައިވާ ކަމަށެވެ.
އެއީ ގްރޭޓަރ މާލެ ސަރަހައްދުން 481 މީހުންނާއި އަތޮޅުތެރޭގެ ރަށްތަކުން 71 މީހުންނެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖެއިން މި ބަލީގައި މީހަކު ނިޔާވެފައި ނުވެއެވެ.
ކޮވިޑަށް ފައްސިވީ މީހުންގެ މި ނަންބަރާ އެކު، ރާއްޖެއިން މި ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 177،658އަށް އަރައިފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 298އަށް އަރައިފައިވެއެވެ.