ދެންް ރެސިޕީ | ގާލިކް ރައިސް

ބޭނުންވާ ތަކެތި:
2 ޖޯޑު ބާސްމަތީ ހަނޑޫ
8 ލޮނުމެދު (ތުނިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމްސާ ފިޔާ
1 މޭޒުމަތީ ސަމްސާ ބަޓަރ
1 ސައިސަމްސާ ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަނޑޫކޮޅު ދޮވެލާށެވެ. އެއަށް ފަހު ތެއްޔަކަށް ބަޓަރ އަޅައި ހޫނު ކުރުމަށް ފަހު ފިޔާ، ލޮނުމެދު، ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މަޑު ރަންކުލަ އަރައި މުރަނަވާން ފެށުމުން ކުރިން ދޮވެފައި ހުރި ހަނޑޫ ކޮޅު އަޅައިލާށެވެ. ރަނގަޅަށް އެއްކޮށްލުމަށް ފަހު ފެން އަޅައި ކައްކައިލާށެވެ.