ރެސިޕީ

ދެން ރެސިޕީ | ނަޓެއްލާ ރޯލްސް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ މިހާރަކަށް އައިސް ވަރަށް އާންމުކޮށް މީހުން ކައި އުޅޭ ފޮނި އެއްޗެކެވެ. ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވޭނެ ބާވަތެކެވެ. 

Ads by WAMCO

ބޭނުންވާ ތަކެތި:

10 ފޮތި ޕާން

10 ސަމްސާ ނަޓެއްލާ

1 ބިސް

2 މޭޒުމަތީ ސަމްސާ ކިރު

1 ސައި ސަމްސާ ހަކުރު

1 ސައި ސަމްސާ ސިނަމަން ޕައުޑަރ

1 މޭޒުމަތީ ސަމްސާ ބަޓަރ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާން ތަކުގައި ނަޓެއްލާ ހާކާލުމަށް ފަހު ރޯލެއް ގޮތަށް އޮޅައިލާށެވެ. ހުރިހާ ޕާނެއް ވެސް މިގޮތައް ތައްޔާރުކޮށްލާށެވެ.

އެއަށްފަހު ފުން ތައްޓަކަށް ބިހާއި ކިރު އެޅުމަށް ފަހު ރަނގަޅަށް ގިރައިލާށެވެ. ދެން ތައްޔާރުކޮށްފައިވާ ކިރުގެ ތެރެއަށް ރޯލްލުމަށް ފަހު ފޯކޮށްފައި ޓްރޭގައި އަތުރާށެވެ.

ތަވައެއްގައި ބަޓަރު ހޫނުކުރުމަށް ފަހު ކުރިން ތައްޔާރުކުރި ރޯލްސް އަޅައި ފިހެލާށެވެ.

އެހެން ތައްޓެއްގައި ހަކުރާއި ސިނަމަން ޕައުޑަރ އެއްކޮށްލާށެވެ. އެއަަށް ފަހު ފިހުނު ރޯލްސްތައް އަޅައި ވަށައިގެން ހާކާލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!