ދެން ރެސިޕީ | ކަސްޓަރޑް ޕުޑިން

ބޭނުންވާ ތަކެތި:
4ސައި ސަމްސާ ހަކުރު
1 ސައި ސަމްސާ ފެން
1 ސައި ސަމްސާ ހޫނު ފެން
2 ބިސް
250މލ ކިރު
5 ސައި ސަމްސާ ހަކުރު
1 ސައި ސަމްސާ ބަޓަރ
4 މޭޒުމަތީ ސަމްސާ ކަސްޓަޑް ޕައުޑަރ
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ޕުޑިން ތައްޔާރުކުރަން ބޭނުންވާ ޓްރޭ ނުވަތަ ތަށިތަކުގައި ބަޓަރ ހާކާލާށެވެ. ހަކުރުކޮޅު ވިރުވާލުމަށް ފެނާއި ހަކުރު ތެެއްޔަކަށް އެޅުމަށް ފަހު މަޑު ގިނީގައި ކައްކާލާށެވެ. ވިރެމުންދާ ވަރަކަށް ހޫނު ފެން ކޮޅެއް ވެސް އަޅައިލާށެވެ. ހަކުރު ވިރި ރަން ކުލަ އެރުމުން ނަގައި ޓްރޭއަށް އަޅާށެވެ.
އެހެން ތައްޓެެއްގައި ބިސް، އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ތެއްޔަކަށް ކިރާއި، ކަސްޓަރޑް އަދި ހަކުރު އެޅުމަށް ފަހު ހަކުރުކޮޅު ވިރެންދެން ރަނގަޅަށް ކައްކާލާށެވެ. ކައްކައި ނިމުމުން ބިސް އަޅައި އެއްކޮށްލާށެވެ.
ކުރިން ތައްޔާރު ކުރި ޓްރޭއަށް ކަސްޓަރޑް މިކްސް އަޅައި އަވަނުގައި ރަނގަޅަށް ރޯފިލަންދެން ފިހެލާށެވެ.