މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީ ސިޓީގައި

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އިޙްޔާ ފޯރަމް ބާއްވަން ފެށި ފަހުން މާލެއިން ބޭރުގައި ބާއްވާ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ ކުޅުދުއްފުށީ ސިޓީގައި އޮންނާނެއެވެ.
ކުޅުދުއްފުށީގެ ހދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ އިޙްޔާ ފޯރަމް އޮންނާނީ 21:30އިން 22:30އަށެވެ.
މި ފޯރަމްގައި ތަޤުރީރުކުރައްވާނީ ޑރ.ސަޢުދުﷲ ޢަލީއާއި އައްޝައިޚް ޢަބްދުލް ޢަޒީޒު ޙުސައިނެވެ. މި ބޭފުޅުން ވާހަކަފުޅު ދައްކަވަން ހަމަޖެހިފައިވާ މައުޟޫއުއަކީ "ދީނުގެ ޝިޢާރުތަކަށް ޙުރުމަތްތެރިކޮށް ހިތުން" މި މައުޟޫއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ކަމަށެވެ.
އަތޮޅުތަކުގައި ބާއްވާ މި ސިލްސިލާގެ ދަށުން ހަތަރު ސިޓީއާއި ރ.އުނގޫފާރުގައި އިހްޔާގެ ދަރުސްތައް އޮންނާނެއެވެ.