ދީން

އިމާމާއަށް އެރި އޮޅުން، ފިލުވައިދިނީ ކުޑަކުޑަ ކުއްޖެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ މި ރަމަޟާން މަހުގައި އިނގެރޭސި ވިލާތުގައި ހިނގި ހާދިސާއެކެވެ. ހާދިސާ ކިޔައިދީފައި ވަނީ އިސްލާމީ ދައުވަތުގައި މަސައްކަތްކުރާ އަބްދުﷲ ކިޔާ މީހެކެވެ.

Ads by STELCO

އޭނާ ހިއްސާކޮށްފައި ވެއެވެ.

ތަރާވީޙް ނަމާދުގައި ފުރަތަމަ ރަކުޢަތްކޮށް ދެވަނަ ރަކުޢަތަށް ތެދުވެ އިމާމު އަލްޙަމްދު ކިޔެވިއެވެ. ނަމަވެސް  ފުރަތަމަ ރަކުޢަތުގައި ޤުރުއާން ކިޔެވުން ހުއްޓައިލި ހިސާބު ހަނދާން ނެތުމުން އިމާމަށް ޤުރުއާން ކިޔަވާކަށް ނުފެއްޓުނެވެ. އެ ވަގުތު އިމާމު މީހާގެ ފަހަތުގައި ހުރި މީހާ ، އިމާމަށް ހަނދާންކޮށްދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ތަކުރާރުކޮށް މަސައްކަތްކޮށް ވެސް ފަށަން ޖެހޭ ރަނގަޅު ތަން އޭނާއަށް ބުނެއެއް ނުދެވުނެއެވެ.

އެ ވަގުތު ، އިމާމު ވެސް ވިސްނައިލާން ހިނދުކޮޅެއް ނެގުމުން މުޅި މިސްކިތުގެ ތެރެއަށް ހިމޭންކަން ވެރިވިއެވެ. ކުއްލިއަކަށް މިސްކިތުގެ ފަސްވަނަ ނުވަތަ ހަވަނަ ސަފުން އައީ ފިރިހެން ކުއްޖެއްގެ އަޑެވެ. ވިސްނޭ ގޮތުގައި އުމުރުން 11،12 އަހަރުގެ ކުއްޖެކެވެ. ކިޔަވަން ފަށަން ޖެހޭ ތަން ، އެ ކުއްޖާ އިމާމަށް ބުނެދިނެވެ. އެ ހިސާބުން އިމާމު ކިޔަވަން ފެއްޓިއެވެ.

މިފަދަ އެހެން ހާދިސާއެއް ދާދި ފަހުން ޖިއްދާގައި ވެސް ހިނގައިފައި ވެއެވެ. އެ ހާދިސާގައި ވެސް އިމާމަށް އެރި އޮޅުން ފިލުވައިދިނީ ދެވަނަ ސަފުގައި ހުރި ކުޑަކުއްޖެކެވެ.

Ads by HDC
  1. ‏ނައީން

    ‏الحمد لله

  2. އަސްމާ

    ‏الحمد لله

  3. އަލީ

    ‏الحمد لله
    އިސްލާމްދީން ދެކެ ލޯބިވާ ހެޔޮލަފާ ދަރިންތަކެއް ކުރިޔަށް އޮތް ތަނުގައި ލައްވާށި . އާމީން