ރެސިޕީ

ދެން ރެސިޕީ | ގެރިކިރު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ދަޅު ގެރި ކިރު

Ads by WAMCO

4 ބިސް

¾ ޖޯޑު ފުށް

½ 1 ސައިސަމުސާ ބޭކިންގް ޕައުޑަރު

¼ ޖޯޑު އަދި 1 ސައިސަމުސަލުގެ ބަޓަރު (ފްރިޖުން ބޭރުގައި ފިނިކަން ކެނޑެންދެން ބަހައްޓައިފައި)

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

1. 180 ޑިގްރީސް ސެލްސިއަސް އަށް އަވަން ހޫނު ކުރަން ޖައްސާށެވެ. 10 ވަރަކަށް މިނެޓު ހޫނު ކުރީމާ ރަނގަޅު ވާނެއެވެ.

2. ބޯކިބާ ފިހަން ބޭނުން ކުރާނެ ތަބަކުގައި ސައިސަމުސަލެއްގެ ބަޓަރު އުނގުޅައިލާށެވެ. ފުލުގަޔާއި އަރިމަތި ތަކުގައެވެ. އަހަރުމެން ބޭނުން ކުރީ ½ 7 އިންޗީގެ ހަތަރެސްކަން ތަބަކެކެވެ.

3. ¼ ޖޯޑު ބަޓަރާއި ބިސް ބޯތަށްޓެއްގައި ރަނގަޅަށް އެއްކުރާށެވެ. ކަރަންޓު މިކްސަރުން ވެސް ނޫނީ އަތުން ހިފާ ކަހަލަ ވިސްކަކުން ވެސް ނޫނީ އުލަކުން ވެސް މިކަން ކުރެވިދާނެއެވެ. ދެން ގެރިކިރު އަޅައިފައި އަނެއްކާ ވެސް ރަނގަޅަށް އެއްކުރާށެވެ.

4. ދެން ފުށާއި ބޭކިންގް ޕައުޑަރު އަޅައިފައި އަނެއްކާ ވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ.

5. ކުރިން ބަޓަރު އުނގުޅާ ތައްޔާރު ކުރި ތަބަކުގެ ތެރެއަށް އެއްކުރި ސާމާނު އޮއްސައިލާށެވެ. ދެން ހޫނު ކުރަން ޖެއްސި އަވަނަށް ލައިގެން ފިހާނީއެވެ. ފިހާނީ މައްޗަށް ރަން މުށި ކުލަ އަރައިފައި މެދަށް ދަތްކޮށްޓިއެއް ހަރައިލައިފައި ނަގާއިރު އެ ސާފުކޮށް އޮންނާނެ ވަރަށެވެ. އަހަރުމެންގެ ބޯކިބާ ފިހެވުނީ 40 މިނެޓުންނެވެ. ފުރަތަމަ 20 މިނެޓުގައި ތަބައް ބެހެއްޓީ ތިރީ ރެކުގައެވެ. އެއީ ދަށް ރަނގަޅަށް ފިހުމަށް ޓަކައެވެ. ފަހު 20 މިނެޓުގައި ބޯކިބާ ފިހުނީ މެދު ރެކުގައި ބަހައްޓައިގެންނެވެ. އަހަރުމެންގެ ބޯކިބާ މިގޮތަށް ފިހެވުނެއް ކަމަކު އެކި އަވަނުން ފިހެވޭ ގޮތް ތަފާތުވުން ވެސް އެކަށީގެންވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!