ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މިރޭ ޑރ. ޝަހީމްގެ ޚާއްސަ ދަރުސެއް

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ވަރަށް ޚާއްސަ ދަރުސެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
"ކީރިތި ޤުރްއާނާއި މުސްލިމުންގެ ދިރިއުޅުން" މި ޝިޢާރުގެ ދަށުން، އިދިކޮޅު ޕީޕީއެމްގެ އެޑްވަައިޒަރ ޑރ. ޝަހީމް ދެއްވާ މި ޚާއްސަ ދަރުސް އޮންނާނީ މިރޭ 10:00ގައި ޕީޕީއެމް އޮފީހުގައެވެ.

މިއީ މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ބާއްވާ ފުރަތަމަ ދަރުހެވެ.