ޚަބަރު

އަހަރުގެ މިހައިތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 460،000އަށް ވުރެ މައްޗަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ މިހައިތަނަށް 460،479 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 1ވަނަ ދުވަހުން ފެށިގެން 6ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 28،968 ފަތުރުވެރިންނެވެ.

އަހަރުގެ މިހައިތަނަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ. އެ ގައުމުން 58،608 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ޤައުމުން ރާއްޖެއަށް 53،010 ފަތުރުވެރިން އައިސްފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން އައި އިންޑިއާއިން 50،242 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4،714 ފަތުރުވެރިން އާދެއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!