ރެސިޕީ

ދެން ރެސިޕީ | ކްލަބް ސޭންޑްވިޗް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

4 ފޮތި ޕާން

Ads by WAMCO

1/3 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް

1/4 ޖޯޑ ހުންނަހާ ޓޫނާ ތެޔޮފެލާ ފުނޑުވާފައި ހުރި

2 ފޮތި ކިޔުކަމްބަރ

1/2 ސައި ސަމުސާ ލުނބޯހުތް

2 ފޮތި ޓޮމާޓޯ

2 ފަތް ލެޓިއުސް

1 ފޮތި ސްޕައިސް ޗީޒް

2 ބިސް ގިރާފައި

2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ

ލޮނު ކޮޅެއް

ބަޓަރ ކޮޅެއް

މެޔޮނައިސް

ތައްޔާރުކުރާނެ ގޮތް:

ގިރާފައި ހުރި ބިހުގެތެރެއަށް ލޮނުކޮޅެއް ލައިފައި ބިސްގަނޑެއް އަޅާލާށެވެ.

ފިޔާ ،މިރުސް އަސޭމިރުސް ލޮނު ހުތް އެއްކޮށްފައި ރަނގަޅަށް މިކްސްކޮށްލާށެވެ. ރަހަ ދޭ ވަރަށް މެޔޮނައިސް ކޮޅެއް އެއްކޮށްލާށެވެ.

ޕާން ފޮތިތައް ކުޑަކޮށް ޓޯސްޓް ކޮށްލާށެވެ. ޕާން 2 ފޮތީގައި މެޔޮނައިސް ކޮޅެއް ހާކާފައި އަނެއް 2 ފޮތީގައި ބަޓަރ ކޮޅެއް ހާކާލާށެވެ.

ޕާން ފޮއްޗެއްގެ މަތީގައި މަސް ފަތުރާފައި އަނެއް ޕާން ފޮތި ތަތްކޮށްފައި، ތަތްކުރި ޕާން ފޮތި މަތީގައި ބިސްގަނ ޑު ހަތަރެސްކަން ކޮށްފައި ( ކަފާލާފައި ) ޕާން ފޮތި މަތީގައި ބާއްވާށެވެ. އަނެއް ޕާން ފޮތި ބިސްގަނޑު ލީ ޕާން ފޮތި މަތީގައި ބޭއްވުމަށް ފަހު 2 ފޮތި ކިއުކަމްބަރއާއި 2 ފޮތި ޓޮމާޓޯއާއި ލެޓިއުސް އަތުރައިލައިފައި ޗީޒްފޮތި ލައިފައި އަނެއް ޕާން ފޮތި ތަތްކޮށްލާށެވެ. ދެން ހަތަރު ބަޔަށް ކަފާލާށެވެ.

ސާރވް ކުރާއިރު ޓޫތް ޕިކަކުން ޕާން ފޮތިތައް ހަރުކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!