ލައިފްސްޓައިލް

އެއްފަހަރާ ކިތައް ބިޓުން ގެންގުޅުނިން؟

ދެން އެމްވީ ، ދެން އޮންލައިން

ޒަމާން މިވަނީ ވަރަށް ބޮޑަށް ވެސް ބަދަލުވެފައެވެ. މައިންބަފައިން ދަރިންނަށް ޒަވާޖީ ހަޔާތެއް ފެށުމަށްޓަކައި ބައިވެރިއަކު ހޯދައިދިން ދުވަސް މިވަނީ މާޒީއާ އެކުވެގެން ގޮސްފައެވެ. މިޒަމާނަކީ ކުއްޖާ ރަނގަޅަށް ތައުލީމް ހާސިލު ނުކުރެވެނީސް ލޯބިވެރިން ހޯދާ ޒަމާނެވެ. އުމުރުން ރަނގަޅަށް 15 އަހަރު ނުވަނީސް ހޯދާނެ ދަރިންގެ އަދަދާއި، ދަރިންނަށް ކިޔާނެ ނަން ވެސް ނިންމާނެއެވެ. އެހެން ނަމަވެސް ކުރިއާ ހިލާފަށް މިހާރު، ގިނަ ކުދިން ގެންގުޅެނީ އެންމެ ލޯބިވެރިއެއް ނޫނެވެ. ދެތިން ހަތަރު ލޯބިވެރިން އެއްފަހަރާ ގެންގުޅޭ ކުދީން މަދެއް ނޫނެވެ.

ލޯބިވެރިޔާއަށް އިހްލާސްތެރިވުމަކީ ވަރަށް މުހިންމު އަދި އެހާމެ މާތް ސިފައެކެވެ. މީހުންނަށް ބޭވަފާތެރިވުމަކީ ވަރަށް ދަށު ދަރަޖައިގެ މީހުން ކުރާ ކަމެކެވެ. ހަގީގަތަށް ބުނާ ނަމަ އެއްފަހަރާ ދެތިން ހަތަރު ބިޓުން ގެންގުޅުމަކީ މާ މޮޅު ކަމެއް ނޫނެވެ. ހަތަރު ވަރަކަށް ކުދިން އެއްފަހަރާ ގެންގުޅެން ހަދައިގެން، އާހިރުގައި ގިނަފަހަރަށް ދަނީ އެކަކު ވެސް ނުލިބިއެވެ. ތި ގެންގުޅޭ ލޯބިވެރިންނަށް ތިބާގެ ހަގީގަތް އެނގޭ ދުވަސް ވަނީ ތިބާ މަތިން ފޫހިވެ ހުރިހާ ގުޅުމެއް ކަނޑާލާ ދުވަހަކަށެވެ. އެކަކަށް އިހްލާސްތެރިވެގެން ރީތި ގޮތުގައި ދިރިއުޅުމެއް ފަށައިގެން އުޅުމަކީ ދެ ދުނިޔެއިން ވެސް ތިބާއަށް އެކަމުގެ ސަބަބުން ފައިދާވާނެ ކަމެކެވެ.

ހަތަރު ވަރަކަށް ނުވަތަ އެއަށްވުރެ ގިނައިން ވެސް ލޯބިވެރިން އެއްފަހަރާ ގެންގުޅޭ މީހުން ހިތުން އެމީހުންނަކީ ވަރަށް ކާމިޔާބު މީހުންނެވެ. ބައެއް މީހުން ސީރިއަސް ބިޓުގެ ގޮތުގައި އެކަކު ގެންގުޅެ، ދެން ފޫހިފިލުވާލަން އިތުރު ހަތަރު ވަރަކަށް މީހުން ގެންގުޅެނޭއެވެ. ހަގީގަތުގައި އެއްފަހަރާ ގިނަ ބިޓުން ގެންގުޅުމަކީ މިހާރު ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. މިކަމުގައި ވަކި ޖިންސެއް ކުރީގައި އުޅޭ ބުނެވޭކަށް ނެތެވެ. އަންހެން ވެސް ފިރިހެން ވެސް ދެތިން ހަތަރު ލޯބިވެރިން ގެންގުޅެނީ އެއްވަރަށެވެ. ހިތުން އެވެރިން އެ ކުރަނީ މާ މޮޅު ކަމެކެވެ.

ޒުވާން ދުވަސްވަރު އެގޮތަށް ދެތިން ހަތަރު މީހުން އެއްފަހަރާ ގެންގުޅުމަށް ފަހު، ވިސްނެން ފެށުމުން ދެން ބޭނުންވަނީ ޒަވާޖީ ހަޔާތެއް ފަށައިގެން ރީތިކޮށް ދިރިއުޅުމެއް އުޅޭނޭ ރަނގަޅު ބައިވެރިއެކެވެ. ނަމަވެސް، ޒުވާން ދުވަސްވަރު އުޅުން ގޮތުން މިހާ އޮންނަނީ ދެތިން ހަތަރު މީހުން އެކީ ގެންގުޅޭ މީހެއްގެ ގޮތުގައި ލޭބަލް ކުރެވިފައެވެ. އެފަދަ ގޮތަކަށް އުޅޭ މީހަކާ އެކީ ދިރިއުޅުމެއް ފަށަން ބޭނުންވާނީ ވެސް ކާކު ހެއްޔެވެ. ޒަވާޖީ ހަޔާތެއް ފަށަން ރަނގަޅު ބައިވެރިއަކު ލިބޭ މީހުންގެ ތެރެއިން ވެސް ގިނަ މީހުން ކައިވެނީގެ ބޭރުން އެހެން މީހުންނާއި ގުޅުން ބާއްވައެވެ.

ދެތިން ހަތަރު ދަރިން ލިބިފައި ތިބޭ މީހުން ވެސް ކައިވެނީގެ ބޭރުން ހިލޭ މީހުންނާ ގުޅުން ބާއްވަނީ އެއްވެސް ވަރަކަށް ޖެހިލުން ނުވެއެވެ. މީގެ ނަތީޖާއަކަށް ވަނީ ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ ވަރިފަށަށް އެރުމެވެ. ދެމަފިރިން ވަރިވުމުން އޭގެ ނޭދެވޭ އަސަރު ކުރާނީ ދަރިންނަށެވެ. ބިކަވާނީ ދަރިންތަކެވެ.

Ads by PNC
  1. ޒާހިރޫ

    އަހަރެން އަނބިމީހާ އަށް ވަގަށް 5 ބިޓުން ގެންގުޅެން

  2. ދިވެހިން

    ދިވެހި ފިރިހެނުން ހަމަ ހަޔާތް ކުޑައީ އޭ!