ދެން ރެސިޕީ | ގާރލިކް ނާން
ބޭނުންވާ ތަކެތި:
1/2 ކިލޯ ފުށް
1ބިސް ގިރާފައި
5 ލޮނުމެދު ގާނައިފައި
1 ސައިސަމުސާ ބޭކިންގ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ހަކުރު
1/2ޖޯޑު ތެޔޮ
1, މޭޒުމަތީ ސަމުސާ ހިކި ކިރު
4 މޭޭޒުމަތީ ސަމުސާ ގިތެޔޮ ނުވަތަ ބަޓަރ
ލޮނުކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
ފުށާއި ބޭކިންޕައުޑަރ،ލޮނު، ލޮނުމެދު ހިކިކިރު، ހަކުރު 2 މޭޒުމަތީ ސަމުސާ ގިތެޔޮ އަދި ބިސް ވެސް އެއްކޮށްފައި އާދައިގެ ފެނުން ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ.
މަތި ބަންދުކޮށްފައި 30 މިނިޓް ވަންދެން ބާއްވައިފައި ގުޅަގުޅަ ކަނޑައިފައި އާދައިގެ ރޮށްޓަށް ވުރެ ބޯކޮށް ދަމައިލާށެވެ. ތަވާ ދޮންކޮށްފައި ކޮންމެ ރޮށްޓެއްގެ ދެފުށުގައި ބާކީ ގިތެޔޮ ކޮޅުން ގިތެޔޮ ކޮޅެއް ހާކައިފައި ފިހެލާށެވެ.
Ads by Allied Insurance