ޚަބަރު

ނޭކުރެންދޫ އަންހެނުން ކޮމިޓީގެ ދެގޮނޑި ޕީޕީއެމްއާއި އެމްޑީޕީއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހދ.ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ދެގޮނޑިއަށް މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިޚާބު އިދިކޮޅު ޕީޕީއެމްއާއި ވެރިކަންކުރާ އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

Ads by Sosun Fihaara

މި އިންތިޚާބުގައި މި ދެ ޕާޓީގެ އިތުރުން އަދާލަތުން ވާދަކޮށްފައި ވެއެވެ.

ހަ ކެނޑިޑޭޓުން ވާދަކޮށް އެންމެ ގިނަ ވޯޓް ހޯދައިފައި ވަނީ ޕީޕީއެމުން މި އިންތިޚާބުގައި ވާދަކުރި ޚަދީޖާ އިބްރާހީމެވެ. އޭނާ ވަނީ 158 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓް ހޯދީ ޚަދީޖާއަށް ވުރެ ތިން ވޯޓް މަދުވި އެމްޑީޕީގެ އާމިނަތު ސުވައިދާއެވެ.

ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާ ގުޅިގެން އެ ޕާޓީގެ ތެރޭގައި މައްސަލަ އުފެދިފައިވާ މި ދަނޑިވަޅުގައި ފަހަކަށް އައިސް ބޭއްވި ހުރިހައި ބައިއިލެކްޝަނެއް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްއިންނެވެ. އެގޮތުން ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި ބައިއިލެކްޝަނާއި ފ.ނިލަންދޫއާއި ނަރުދޫ އަންހެނުންގެ ކޮމިޓީގެ ބައިއިލެކްޝަން ހިމެނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ، މާލޭ އަންހެނުންގެ ކޮމިޓީގެ ބައިއިލެކްޝަނުގައި އެމްޑީޕީން ވާދަކޮށްފައެއް ވެސް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!