ޚަބަރު

ކޮވިޑް-19: ރިސޯޓަކަށް ދިޔަ މީހަކު ފައްސިވުމުން ނޭކުރެންދޫއަށް އަރައިފޭބުން މަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހދ. ނޭކުރެންދޫން ރިސޯޓަކަށް ދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން އެ ރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

Ads by MWSC

ނޭކުރެންދޫއަށް އަރާ ފޭބުން މަނާކޮށް، އެރަށް މޮނީޓަރިންގަށް ލާފައިވާކަން އަންގައި، މީގެ އިރުކޮޅެއް ކުރިން އެރަށު ކައުންސިލަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ވަނީ ލިޔުން ފޮނުވާފައެވެ.

އޮންލައިން ނޫސް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލު ރައީސް އަލީ އާދަމް ވިދާޅުވީ އެރަށުން މިދިޔަ ހޮނިހިރު ދުވަހު ރިސޯޓަކަށް ދިޔަ ޒުވާނަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އަދި އެ ޒުވާނާ ފައްސިވެފައިވާކަން އެނގުނީ މިއަދު ހަވީރު 5:00 ޖެހި ހާއިރު ކަމަށާއި، އޭނާ ފައްސިވެފައިވާ ކަމަށް ބެލެވެނީ ރިސޯޓަކުން ނެގި ސާމްޕަލަކުން ކަމަށް ބެލެވޭ ކަމަށެވެ.

ފައްސިވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓުވި އޭނާގެ އާއިލާ މީހުންނާ، ބައެއް ރައްޓެހިން ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އަލީ އާދަމް ވިދާޅުވިއެވެ.

ނޭކުރެންދޫން ފައްސިވީ އެޒުވާނާއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާ ރަށަށް އެނބުރި ގޮސް ކަރަންޓީންގައި މަޑުކުރުމަށްފަހު އެނބުރި ރިސޯޓަށް ގޮސްފައި ވަނީ މަހެއްހާ ދުވަސް ފަހުން ކަމަށް ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!