ޚަބަރު

ނޭކުރެންދޫގައި ބަލި ފެތުރުން ކޮންޓްރޯލްވުމުން ލުއި ދެނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ހދ. ނޭކުރަންދޫގައި ކޮވިޑް19 ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިއަދު ނޫނީ މިރޭގެ ވަގުތެއްގައި ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދޭން ނިންމައިފައިވާކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަލީ ސިރާޖް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރަށުގެ ހާލަތާ ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ސިރާޖު ވިދާޅުވީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ނެގި ސުންކުތަކުގެ ތެރެއިން ބައްޔަށް ފައްސިވީ އެންމެ ސުންކެއް ކަމަށާއި އެއީ ވެސް ބަލި ޖެހުނު މީހަކާ ސީދާ އެއްތާވި މީހެއް ކަމަށެވެ.

"ރަށުގެ ރައްޔިތުން ޓާސްކް ފޯސްގެ ބަސް އަހައި، ގައިޑްލައިންތަކަށް ހުރުމަތްތެރިކޮށް ހިތީމަ އަޅުގަނޑުމެންނަށް ބަލި ކޮންޓްރޯލު މި ކުރެވުނީ. ރައްޔިތުން ބަސް އެހީމަ އެހެންވީމަ އަޅުގަނޑު ޝުކުރު ކުރަން ހުރިހާ ރައްޔިތުންނަށް ވެސް އަދި ޓާސްކް ފޯސްއަށް ވެސް ކޮށްދެއްވި ބުރަ މަސައްކަތަކަށް" ސިރާޖު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ، މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ޓާސްކު ފޯސްގެ ބައްދަލުވުން ބާއްވައި، ރަށަށް ދޭނެ ލުއިތަކާ މެދު މަޝްވަރާ ކުރައްވާނެ ކަމަށާއި އެންމެ ލަސްވެގެންް މިރޭގެ ވަގުތެއްގައި ލުއިތައް އިއުލާނު ކުރާނެކަ މަށެވެ.

މިދިޔަ 24 ވަނަ ދުވަހު އެރަށް މޮނީޓަރިންނަށްލީ ފަހުން މިހައިތަނަށް 1180 ސާމްޕަލެއް ވަނީ ނަގައިފައެވެ. މިމަހު 9ގެ ފަހުން ނެގި ސާމްޕަލްތަކުގެ ތެރެއިން 148 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. މީގެ އިތުރުން ބަލި ޖެހުނު މީހުންގެ ތެރެއިން 37 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!