ރެސިޕީ

ދެން ރެސިޕީ | ޓޫނާ ކްލަބް ސޭންޑްވިޗް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

ފޮތި ޕާން

Ads by WAMCO

1/3 ސައި ސަމުސާ މުގުރި އަސޭމިރުސް

1/2 ސައި ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ގިތެޔޮ މިރުސް

1/4 ޖޯޑު މަސްދަޅު މަސް ތެޔޮ ފެލާފައި

2 ފޮތި ކިޔުކަމްބަރ

1/2 ސައި ސަމުސާ ލުނބޯހުތް

2 ފޮތި ޓޮމާޓޯ

1 ފޮތި ސްޕައިސް ޗީޒް

2 ބިސް ގިރާފައި

2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ފިޔާ

ލޮނު ކޮޅެއް

ބަޓަރ ކޮޅެއް

މެޔޮނައިސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ، ގިރާފައި ހުރި ބިހުގެތެރެއަށް ލޮނުކޮޅެއްލައިފައި ބިސްގަނޑެއް އަޅާލާށެވެ.

ދެން ފިޔާ މިރުސް އަސޭމިރުސް ލޮނު ހުތް އެއްކޮށްފައި ރަނގަޅަށް އެއްކޮށްލާށެވެ. މެޔޮނައިސް ކޮޅެއް ވެސް އަޅައިލާށެވެ.

ޕާން ފޮތިތައް ކުޑަކޮށް ޓޯސްޓްކޮށްލާށެވެ. ޕާން 2 ފޮތީގައި މެޔޮނައިސް ކޮޅެއް ހާކައިފައި އަނެއް 2 ފޮތީގައި ބަޓަރކޮޅެއް ހާކާލާށެވެ.

ޕާން ފޮއްޗެއްގެ މަތީގައި މަސް ފަތުރާފައި އަނެއް ޕާން ފޮތި ބާއްވައިލާށެވެ. އެ ޕާން ފޮތި މަތީގައި ބިސްގަނޑު ހަތަރެސްކަން ކޮށްފައި ( ކަފާލާފައި ) ޕާންފޮތި މަތީގައި ބާއްވާށެވެ. އަނެއް ޕާން ފޮތި ބިސްގަނޑު ލީ ޕާން ފޮތި މަތީގައި ބޭއްވުމަށް ފަހު 2 ފޮތި ކިއުކަމްބަރއާއި 2 ފޮތި ޓޮމާޓޯ އަތުރައިލާފައި ޗީޒްފޮތިލައިފައި އޭގެ މަތީގައި އަނެއް ޕާން ފޮތި ބާއްވައިލާށެވެ. ދެން ހަތަރު ބަޔަށް ކަފާލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!