ޚަބަރު

ނޭކުރެންދޫ ކޯޓުގެ ވޮޗަރަށް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހދ. ނޭކުރެންދޫ ކޯޓުގެ ވޮޗަރަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރާއި 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ ރޭ 11:50 ހާއިރު ނޭކުރެންދޫގައި އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކާއި މެދު ބަޔަކު މާރާމާރީ ހިންގާ އަނިޔާކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން މި މައުލޫމާތު ލިބުމުން އޭނާ ނޭކުރެންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ޓެސްޓްތަކެއް ހެދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އިތުރު ފަރުވާއަށް އެމީހާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!