ގޮވާމުން ޒަކާތް ބަލައިގަންނަން ފަށަނީ

އަންނަ ބުރާސްފަތި ދުވަހުން ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެކަމަށް އިސްލާމިކް މިިނިސްޓްރީން ވިދާޅުވެެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ގޮވާމުން ޒަކާތް ދެއްކުމަށް ހުޅުވައިލައިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން 30 އޭޕްރީލްވާ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް:
- އާދައިގެ ހަނޑޫ
- ތައިލެންޑް ހަނޑޫ
- ބާސްމަތީ ހަނޑޫ
- ރަތް ހަނޑޫ
- ގޮދަން ފުށް
- އާޓާ ފުށް
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން 12:00، މެންދުރުފަހު 13:00އިން 14:30އަށް އަދި ރޭގަނޑު 21:00އިން 22:30އަށެވެ.