ޚަބަރު

ދެން ރެސިޕީ | ބާންޓް ޗީޒް ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

300ގ. ކްރީމް ޗީޒް

Ads by MWSC

100ގ ކާސްޓާ ޝުގާ

100ގ. ބިސް (ބޮޑު 2 ބިސް ރަނގަޅުވާނެ)

160ގ. ވިޕިން ކްރީމް

1/4 ސައި ސަމްސާ ލޮނު

1/2 ސަައި ސަމްސާ ވެނީލާ އެސެންސް

15ގ. ފުށް

ތައްޔާރުކުރާނެ ގޮތް:

ކްރީމް ޗީޒްކޮޅު މަޑުކޮށްލާފައި، ހަކުރާއި ރަނގަޅަށް އެއްކުރާށެވެ. ރަނގަޅަށް ކްރީމީކޮށް އެއްވުމުން ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ބިހާއި ހަކުރާއި ޗީޒާއި ރަނގަޅަށް އެއްވުމުން، އޭގެ ތެރެއަށް ވިޕް ކްރީމް އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ. ދެން ލޮނު ކޮޅާއި ވެނީލާ އެޅުމަށް ފަހު ފުށްކޮޅު އަޅައި ރަނގަޅަށް މިކްސް ކޮށްލާށެވެ.

ކޭކް މިކްސް ރަނގަޅަށް ތައްޔާރުމުން ޓްރޭއެއްގައި ފަތުރައިލުމަށް ފަހު 200 ޑިގްރީ ސެލްޝިއަސް ގައި 50 މިނަޓު ރަނގަޅަށް ފިހެލާށެވެ. ކޭކު ފިހެއުމުން، ކޭކު ފޮތިކުރުމުގެ ކުރިން ހިހޫ ކުރުމަށް ފަހު ދެ ގަޑިއިރު ފިނިކޮށްލަން ޖެހޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!