ޚަބަރު

ގޭގެއަށް ވަގަށް ވަންނަމުން ދިޔަ ބިދޭސީއަކު ހޯދަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށް ހުއްދަ ނުހޯދާ ސިއްރުން ވަދެއުޅުނު މައްސަލައަކާއި ގުޅިގެން ބިދޭސީއަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ބަލަމުންދާ މައްސަލާގައި ހޯދަމުންދަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމް.ޑީ ޒާކިރު ހުސައިން ކަމަށެވެ. މީނާ ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކަށާއި، ގޭގެއަށް ވަގަށްވަދެ އުޅުނު މައްސަލައެއްގައެވެ.

ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ މި މިހާ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާކަމަށެވެ. އަދި މި މިހާ މިމަހުގެ 10 ވަނަ ދުވަހުގެ ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!