ޚަބަރު

މާލެ ފުރެން އަދި ކައިރި ނުވޭ: މަލީހު

ދެން އެމްވީ ، ދެން އޮންލައިން

މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަލީހު މިހެން ވިދާޅުވެފައިމި ވަނީ މާލޭގެ ކުލީގެ މައްސަލަަ ހައްލުކުރުމަށް މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެފައިވަނިކޮށެވެ.

މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި މާލެ އަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ.

"މި ވެގެންދަނީ ބޮޑު ޝަހަރަކަށް. ހައުސިންގެ ތަފާތު ވެރައިޓި އަންނަންވީ. ޕަބްލިކް ޓްރާންސްޕޯޓު، ގްރީން އޭރިއާ، ޕާކިން، ޝޮޕިން މޯލް، ސިނަމާ އަންނަންވީ. އަދި ފުރިހަމަވާން ކައިރިވެސް ނުވޭ" މަލީހު ވިދާޅުވިއެވެ.

މަލީހު މިހެން ވިދާޅުވިއިރު މިސަރުކާރުގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަސް ނިމިގެންދާއިރު މާލެއަށް އެންމެން ޖަމާވުން ނިމުމަކަށް ގެނައުމަށް ކަމަށް އިކޮނޮމިކް މިިނިސްޓަރ ފައްޔާޒް އިސްމާއިލް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!