މޫސުން އަދިވެސް ގޯސް، ރާއްޖޭގެ ދެކުނަށް ހުދު ސަމާލު

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ދެކުނުގެ އަތޮޅުތަކަށް އަނެއްކާ ވެސް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ(މެޓް)އިން ހުދު ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި 45މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާ ކޮށްފައިވެއެވެ.
ހުދު ސަމާލު ނެރެފައި ވަނީ މިއަދު 14:00އާ ހަމައަށެވެ.