ޚަބަރު

މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެފި: ޖަމީލް

ދެން އެމްވީ ، ދެން އޮންލައިން

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގެ އަމާޒް ޑރ. މުހައްމަދު މުއިއްޒުއާ ދިމާލަށް ހިފުމުން އޭނާގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެފިކަން ހާމަވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ބޮޑަށް މުއިއްޒު އަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ މާލެ ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ މުއިއްޒު ކަމަށާއި މިނިސްޓަރު ކަމުގައި ހުންނަވައިގެން މުއިއްޒު މާލެ އަށް ކުރި ހުރިހާ ކަމެއް ހަނދާން ނުނެތޭނެ ކަމަށެވެ. އެހެންކަމުން މާލޭ އެއްވެސް މީހަކު މުއިއްޒު އަށް ވޯޓެއް ނުދޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ވާހަކަތަކައް ރައްދު ދެއްވި ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނިގެން ހިނގައްޖެ ކަމަށެވެ. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނުކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ހިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފައިވާ ކަމަށެވެ.

"ބައެއް ބޭފުޅުންގެ ހާސްކަން ރޭގައި ފެނުނު. އެންމެ ކުޑަ އުޖޫރައާ އެކު ބަސް ހުއްޓުނު. މުޅި ޖަލްސާގެ އަމާޒް ޑރ. މުއިއްޒުއާ ދިމާލަށް ހިފުމުން މުއިއްޒުގެ ޚިދުމަތް އެމްޑީޕީންވެސް ބަލައިގަނެ، މޭޔަރުގެ ގޮނޑި ވާދަވެރިވެއްޖެކަން އަމިއްލަ އަށް އިއުލާންކޮށްފި. މޭވާ އަޅާ ގަސް އެނގިއްޖެ" މުއިއްޒު ވިދާޅުވިއެވެ.

ނަޝީދުގެ މި ވާހަކަތާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ގިނަ މެމްބަރުން އަންނަނީ މުއިއްޒު ދިފާއު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބަށް ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ، މާލެ ސިޓީގެ މޭޔަރަކަށް ހޮވޭނީ މުއިއްޒު ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!