ދުނިޔެ

އިސްރާއިލް ސިފައިން އަލްޖަޒީރާގެ ރިޕޯޓަރެއް ގަޔަށް ބަޑި ޖަހައި މަރައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިސްރާއިލް ސިފައިން އަލްޖަޒީރާގެ ރިޕޯޓަރެއްގެ ގަޔަށް ބަޑި ޖަހައި މަރައިލައިފިއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިސްރާއިލް ސިފައިން މިއަދު މަރައިލައިފައިވަނީ ޝީރީން އަބޫ އަކްލޭ ނަމަކަށް ކިޔާ ފަލަސްތީނަށް ނިސްބަތްވާ ރިޕޯޓަރެކެވެ. އޭނާ މަރައިލައިފައި ވަނީ ވެސް ފަލަސްތީނުގައި ހުއްޓާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، ޝީރީން މަރައިލައިފައި ވަނީ އިސްރާއިލް ސިފައިން، ފަލަސްތީނުގެ ޖެނިން ސިޓީއަށް ދެމުން ގެންދާ ހަމަލާތަކުގެ ރިޕޯޓު މިއަދު ލައިވްކޮށް އޭނާ ގެނެސް ދެމުން ދަނިކޮށެވެ.

ބަޑި ޖެހި ވަގުތު ލަސްނުކޮށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ޝީރީން މަރުވެފައިވާ ކަމަށް އަލްޖަޒީރާގެ ރިޕޯޓުތަކުން ބުނެއެވެ.

ޝީރީންގެ އިތުރުން އަލް ޖަޒީރާގެ އިތުރު ނޫސްވެރިއަކަށް ވެސް މިއަދު އިސްރާއިލު ސިފައިން ވަނީ ބަޑީގެ ހަމަލާ ދީފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އަލީ ސަމޫދީ ނަމަކަށް ކިޔާ ފަލަސްތީނުގެ އެ ރިޕޯޓަރުގެ ބުރަކަށްޓަށް ހަމަލާ ދިނުމުގެ ސަބަބުން އޭނާ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

އަލްޖަޒީރާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، އެ މީޑިއާގެ ދެ ނޫސްވެރިއަކަށް އިސްރާއިލުން ހަމަލާ ދިން އިރު، އެ ތަނުގައި ފަލަސްތީނުގެ އެއްވެސް ހަނގުރާމަވެރިއެއް ނެތެވެ. އެހެންކަމުން މިއީ ސީދާ އެ ނޫސްވެރިންނަށް އަމާޒު ކޮށްގެން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!