ސަރުކާރު ބަންދަސް، އެމްއެމްއޭއާއި ބޭންކުތައް މިއަދު ހުޅުވާނެ

ސަރުކާރު ބަންދުކުރި ނަމަވެސް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބެންކުތައް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭއިން ރޭ ބުނީ އަންގާރައިން ބުރާސްފައްޗަށް ސަރުކާރު ބަންދުކުރި ނަމަވެސް މާދަމާވެސް އެ އޯތޯރިޓީއާއި ބެންކުތައް ހުޅުވާފައި ހުންނާނެ ކަމަށެވެ.
ބެންކުތައް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 ފެށިގެން މެންދުރު 2:00 އަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ރައީސް އޮފީހުން ވަނީ 4 އޮގަސްޓް އިން 6 އޮގަސްޓްގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ނިންމާފައެވެ.