ޚަބަރު

އަތޮޅު ކައުންސިލްގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރާނަން: ނިމާލް

ދެން އެމްވީ ، ދެން އޮންލައިން

ކ. އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބު ވެއްޖެ ނަމަ، 24 ގަޑިއިރަށް އަތޮޅު ކައުންސިލު ބަދަލުކުރާނެ ކަމަށް ޕީޕީއެމް ޓިކެޓުގައި ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރައްވާ ފެނަކައިގެ ކުރީގެ އެމްޑީ މުޙައްމަދު ނިމާލް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ކައުންސިލް އިންތިހާބަށް ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރިމަރީގައި ނިމާލް ވަނީ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. އެގޮތުން ކ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް ވާދަކުރެއްވުމުގެ ޓިކެޓް ނިމާލް ހޯއްދެވީ 1141 ވޯޓާއެކުއެވެ.

ނިމާލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކ. އަތޮޅުގެ ރައްޔިތުންނަށް ހިދުމަތްކުރަން ކުރިމަތިލަނީ ގައުމުގެ ރުކުންތައް ދިފާއުކޮށް، ރައްޔިތުންނަށް ހިދުމަތް ކުރުމަށް އުންމީދީ ތަސައްވަރަކާއެކު ކަމަށެވެ،

"ރައްޔިތުންގެ ހުވަފެންތައް ހާސިލް ކުރުމަށް ވަރުބަލިވުމެއް ނެތް މަސައްކަތްތަކެއް ކުރުމުގެ ނިޔަތުގައި، އިންތިހާބު ވެއްޖެ ނަމަ އަތޮޅު ކައުންސިލްގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރާނަން." ނިމާލް ވިދާޅުވިއެވެ.

ކ. އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ހަމަޖެހިފައިވަނީ، މާލެ ފިޔަވައި އެ އަތޮޅުގެ ބާކީ ދެން އޮތް ނުވަ ރަށުގެ ވޯޓާއި އެކުގައެވެ. އެއީ، ކާށިދޫ، ގާފަރު، ދިއްފުށި، ތުލުސްދޫ، ހުރާ، ހިންމަފުށި، ގުޅި، މާފުށި އަދި ގުރައިދޫއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!