ދުނިޔެ

ތުރުކީއަށް 500،000 ޓަނުގެ ގޮދަން އިންޑިއާއިން އެތެރެކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތުރުކީއަށް 500،000 ޓަނުގެ ގޮދަން އެތެރެ ކުރަން މިމަހުގެ 11ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، ގޮދަން އިންޑިއާއިން ބޭރު ކުރާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މިއީ ތުރުކީން އިންޑިއާއިން ގޮދަން ގަންނަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ތުރުކީއަށް 500،000 ޓަނުގެ ގޮދަން ގަތުމަށް ނިންމައިފައި ވަނީ، ގޮދަނުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވި، ގޮދަނުގެ އަގު މަތިވެފައި ވަނިކޮށެވެ. ގޮދަނުގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާއިން ގޮދަން ބޭރު ކުރުން އެ ޤައުމުން ވަނީ މަނާކޮށްފައެވެ.

ގޮދަނުގެ އަގު އުފުލިފައި ވަނީ ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމައިގެ ސަބަބުން ޔޫކްރޭނުން އެކްސްޕޯޓްކުރުން ހުއްޓާލުމަށް ފަހު ދުނިޔޭގެ ބާޒާރުތަކުގައި އިންޑިއާގެ ހަނޑުލަށް ބޮޑު ޑިމާންޑެއް އޮތުމުންނެވެ. ޔޫކްރޭނުން އުފައްދަނީ ދުނިޔޭގެ ފެންވަރު ރަނގަޅު ހަނޑުލުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އަދި ހުރިހައި ހަނޑުލުގެ %7 އެވެ. ރަޝިޔާއާއި ޔޫކްރޭންގެ ކޯޅުމުގެ ސަބަބުން އިންޑިއާގެ އަމިއްލަ ވިޔަފާރިވެރިން ދަނޑުވެރިންގެ އަތުން ގިނަ އަދަދަކަށް ހަނޑުލުގެ ބާވަތްތައް ގަތީ އެންމެ ކުޑަ ސަޕޯޓް އަގަށް ވުރެ ބޮޑު އަގެއްގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!