އެންބިއުލެންސެއް ކޮންޓްރޯލް ނުވެގެން ގޮސް ސައިކަލުތަކަކަށް އަރައިފި

އެންބިއުލެންސެއް ކޮންޓްރޯލް ނުވެގެން ގޮސް ސައިކަލުތަކަކަށް އަރައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި އެކްސިޑެންޓް ހިނގައިފައި ވަނީ މިރޭ އިރާކޮޅު އޯކިޑް މަގުގައެވެ. އެ ސަރަހައްދުގައި ހުރި މީހަކު "ދެން"އަށް ކިޔައިދިން ގޮތުގައި އެންބިއުލެންސް އައީ ސައިރެން އަޅަމުން ކަމަށާއި ފެން ހެދިފައި އޮތުމުން މަގަށް އެޅި ގަޑީގައި ވެހިކަލް ކައްސީލީ ކަމަށެވެ.

މި އެކްސިޑެންގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެ ތަނުގައި ޕާކްކޮށްފައި ހުރި ބައެއް ސައިކަލްތަކަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

Ads by Ooredoo