ޚަބަރު

ރޯދައަށް ސައުދީން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.

Ads by STELCO

އާއްމުކޮށް ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރާ ކަދުރު މި ފަހަރު ލިބިފައިވަނީ ރަމަޟާން މަސް ނިމުނު ފަހުންނެެވެ.

އިސްލާމިކް މިނިސްޓްރީން ނެރެފައިވާ އުސޫލުގައި ބުނެފައި ވަނީ، ކަދުރު އެންމެ ފުރަތަމަ ބެހުމަށް ހަމަޖެހިފައި ވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ތިބި ގޭބިސީތަކަށް ކަދުރު ޕެކެޓެއް ދޭ އުސޫލުންނެވެ.  އޭގެ ފަހުން ބާކީ ކަދުރު ޕެކެޓުތައް ބަލައިދާ ތަރުތީބުން ބެހުމަށް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ކަދުރު ބަލާ ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިޔުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ. މާލޭގައި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްތަކާއި ސިޓީތަކުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްތަކުންނެވެ.

ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ 16 މެއި 2022 ވާ ހޯމަ ދުވަހުން ފެށިގެން 31 މެއި ވާ އަންގާރަ ދުވަހާ ހަމައަށެވެ. މާލޭގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:45އިން 14:00އަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!