ޚަބަރު

ނޫމަޑި މައްސަލާގައި މުއިއްޒު އަށް ގިނަ ތުހުމަތުތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލެސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ފުލުހަށް ހާޒިރުކޮށް ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ކޮށްފިއެވެ.

Ads by STELCO

ރޭ މުއިއްޒު ފުލުހަށް ހާޒިރުކޮށްފައިވާއިރު، ފުލުހުންގެ މަރުކަޒުން ނިކުމެވަޑައިގެން މީޑިއާތަކާއި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ފުލުހަށް ހާޒިރުކޮށްފައިވަނީ ނޫމަޑި މައްސަލައިގައި ކޮށްފައިވާ ތަފާތު ތުހުމަތު ތަކެއްގައި ކަމަށެވެ. އަދި އޭގެ އިތުރުން އަދުލު އިންސާފަށް ހުރަސް އެޅުމުގެ ތުހުމަތުވެސް ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އޭގެ މިއޮންނަނީ ނޫމަޑި މައްސަލައާއި ގުޅޭގޮތުން ތަފާތު ވަރަށްގިނަ ތުހުމަތު ކުރައްވާފައި. އޭގެ ތެރޭގައި ވަރަށް ވައިޑް ރޭންޖެއްގެ ބައިވަރު ކަންތައް އެބަހުރި ހިމަނާފައި. މީގެ ތެރޭގައި ފާހަގަކޮށްލަން މިސާލަކަށް އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުން، ދައުލަތުގެ އެކިއެކި މަސައްކަތްތައް ހުއްޓުވުމަށް މަސައްކަތް ކުރިމުގެ ތުހުމަތު" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރުކަމަށް ކުރިމަތިލާން ފޯމުލެއްވިތަނާ ދެދުވަސްތެރޭ ފުލުހަށް ހާޒިރުވާން އެންގުމުން ސިފަވަނީ މެޔަރު ކަމަށް ކުރިމަތިލުމުން އިންތިހާބަށް ނުފޫޒުފޯރުވުމަށް ކުރިކަމެއް ކަމުގައި ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފްލެޓް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، އެ ކުންފުންޏާ އެކު ސެޓްލްމަންޓް އެގްރިމެންޓެއް ހަދައި 55 މިލިއަން ޑޮލަރު (845 މިލިއަން ރުފިޔާ) ވަނީ ދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!