ޚަބަރު

ހުޅުމާލޭގައި ބިދޭސީއަކަށް ވަޅިން ހަމަލާދީފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ ބިދޭސީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީގެން ފުލުހުން ހުޅުމާލޭގައި ހަރަކާތްތެރިވަމުން ދާ ކަމަށާއި އެ މީހާއަކީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރު ތުރުކީ ފިރިހެނެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލާ ދީފައި ވަނީ ގެސްޓުހައުސް އަކުން ނުކުތް ވަގުތު ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭނާއަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!