ޚަބަރު

އަދުރޭގެ ދަރިފުޅު ފައިސަލް އާއި އަނބިކަނބަލުންގެ އައިނަށް އެމްބަސީ ބަޖެޓުން 72،000 ރުފިޔާ!

ދެން އެމްވީ ، ދެން އޮންލައިން

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން ފައިސަލް އިބްރާހިމް އާއި، އަނބިކަނބަލުން އައިނެއް ހެއްދުމަށް މެލޭޝިއާ އެމްބަސީ ބަޖެޓުން 72،438 ރުފިޔާ ހަރަދު ކުރިކަމަށް އޮޑިޓާ ޖެނެރަލް ގެ ރިޕޯޓުގައި ބުނެފިއެވެ.

Ads by STELCO

އޮޑިޓު އޮފީހުން މިއަދު އާންމު ކުރި، ފޮރިން މިނިސްޓްރީގެ 2018 ވަނަ އަހަރުގެ އޮޑީޓު ރިޕޯޓުގައި ވާ ގޮތުގައި އެމްބަސީގެ މިނިސްޓާ-ކައުންސެލާގެ މަޤާމުގައި ހުންނެވި ބޭފުޅާ އާއި އެބޭފުޅާގެ އަނބިކަނބަލުން ޕްރާޑާ ބްރޭންޑުގެ އައިނެއް ހެއްދުމަށް 72،438 ރުފިޔާ ވަނީ އެމްބަސީގެ ބަޖެޓުން ހަރަދުކޮށްފައެވެ. އަދި އެ ފައިސާ ހަރަދުކޮށްފައިވަނީ ޤަވާއިދާއި ހިލާފަށް ކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި މިނިސްޓާ-ކައުންސެލާގެ މަގާމުގައި ހުންނެވި އެ ބޭފުޅާގެ ނަން ނެތް ނަމަވެސް އެ މުއްދަތުގައި އެ މަގާމުގައި ހުންނެވީ ފައިސަލެވެ.

ފައިސަލްގެ އިތުރުން އޭރު މެލޭޝިޔާ އެމްބަސީގައި ދިވެހި ސަފީރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަހުމީ އާއި އެ ބޭފުޅާގެ އަނބިކަނބަލުން މެޑިކަލް ޗެކްއަޕްއެއް ހެއްދެވުމަށް އެމްބަސީގެ ބަޖެޓުން 26،360 ރުފިޔާ ބޭނުން ކުރެއްވި ކަމަށް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑިޕްލޮމެޓިކް މިޝަންތަކުގެ ވަޒީފާއަށް ފޮނުވާ މުވައްޒަފުންނަށް ދޭ މުސާރައާއި އެލެވެންސްތަކުގެ އުސޫލަށް ބަލާއިރު އެ ހަރަދު އެގޮތަށް ނުކުރެވޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!