ޚަބަރު ސަރުކާރު

ލަންކާގެ ހާލަތުން ރާއްޖެއިން އިބުރަތް ލިބިގަންނަން ޖެހޭ: ޑރ. ވަޙީދު

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ސްރީލަންކާއަށް ދިމާވެފައިވާ އިޤްތިޞާދީ ދަތި ހާލަތުން، ދިވެހިރާއްޖެއިން އިބުރަތް ލިބިގަންނަން ޖެހޭކަމަށް ކުރީ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޑރ. ވަޙީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިވަގުތު ރަނގަޅަށް މެނޭޖު ކުރަން ޖެހޭކަމަށާއި އެހެން ނޫން ނަމަ އަނެއްކާ ވެސް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިދާނެ ކަމަށެވެ.

 

މީގެ އިތުރުން ޑރ. ވަހީދު ވިދާޅުވީ، ސަރުކާރާއި އެމް.އެމް.އޭއާ ދެމެދު އޮތް ޚިޔާލު ތަފާތުވުންތަކާ އެކު އިޤްތިޞާދު މެނޭޖު ނުކުރެވިއްޖެ ނަމަ ހާލަތު ގޯސްވެދާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރޭގައި ދަރަންޏާއި ފޮރިން އިންވެސްޓްމަންޓްތައް މަދުވުމާއި ޑޮލަރުގެ ތާށިކަމާ އެކު ވެސް ފައިސާ ދައުރުވާ މިންވަރު އިތުރުވުން ފަދަ ކަންކަން ހިމެނޭކަމަށް ޑރ. ވަޙީދުގެ ޓުވީޓުގައި ފާހަގަ ކުރައްވައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!