ޚަބަރު ސަރުކާރު

ކަރަންޓާއި ފެން އަދި ވެމްކޯގެ ބިލް އެއްކުރަނީ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ކަރަންޓާއި ފެން ހިމެނޭ ޔުޓިލިޓީ ބިލަށް ވެމްކޯގެ ބިލް ވެސް އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމެންޓު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިކަމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ޝައުނާ ހާމަ ކުރެއްވީ ރާއްޖެއާއި މާލެ ސަރަހައްދުގެ ކުނި ނައްތާލުމަށް އެދެވޭ ގޮތެއްގައި މަސައްކަތް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝަވަރާކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން މިނިސްޓަރު ވިދާޅުވީ، ވެމްކޯއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފޯރުކޮށްދެމުން އަންނަ ޚިދުމަތަށް ނުވަތަ ކުނީގެ ބިލަށް ފައިސާ ނުލިބުމުގެ މައްސަލަކަމަށެވެ.

"މިއުޅެނީ ވެމްކޯގެ ބިލްތައް ހަމަ ޔުޓިލިޓީ ބިލްތަކާއި އެއްގޮތައް އަންނާނެ ގޮތަކަށް ހަމަޖައްސަން. އޭރުން ވަރަށް ފަސޭހަ ވާނެ ބިލްތައް މެނޭޖުކުރަން ވެސް." މިނިސްޓަރު ޝައުނާ

މި ބައްދަލުވުމުގައި ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ސިރާޖު ވިދާޅުވީ، ވެމްކޯއަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި ވާކަމަށާއި އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ނުލިބިވާ ފައިސާ މައާފް ކޮށްދިނުމުގެ ވިސްނުމެއް ނެތްކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

Ads by HDC
  1. ކަމަނަ

    ކުންޏަކީީ ފޯނު، ޓީވ،އިންޓަނެޓްގޮތައްް އަބަދުު ތަންތަންް ބަދަލުވާަ އެއްޗެއްް ކަސްޓަމަރަކައްް އިޚްތިޔާރުު އޮންނަންޖެހޭނެެ ތަންދޮރުނުފިލާާ އެބޫޅެމިބޫޅޭންނަކައްް ނޭގޭނެެ ކަންތައްް ހިނގާގޮތެއްް ދެންވެސްް ތައުލީމާއިތަޖުރިބާހޯދޭބަލާާ

    • އަލީ

      ތަނެއް ބަދަލެއްނުވާނެ މީހާބަދަލްވާނީ…ތަންދޮރު އެގުންވަރު ތިޔަ ކޮމެންޓުން ވެސްއިންގޭ

      • ޟަޖަރު

        ކޮމެންޓްކުރާއިރު ތިމާގެ އަގު ނުވެއްޓޭކަހަލަ ކޮމެންޓްކުރެވޭތޯ ބަލާ

  2. ސަންފަ

    ކަލޭމެންގެ ދޯދިޔާ ކަމުން އެހެންވާން ޖެހުނީ އެންމެ ފުރަތަމަވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ ޚިދުމަތް ކަނޑާލި ނަމަ ވާނުވާ ނޭނގޭ 3އަހަރު ދުވަސް ވަން ފައިސާ ނުދައްކާއިރުވެސް އިންޒާރުގެ ނޯޓެއްވެސްހާ ހިސާބުވެސް ނުފޮނުވާ ހަމަ ކުނި އުކާދިނީ. ޢެއްމަހު ފައިސާ ނުދެއްކީމަ އިންޒާރުގެ ނޯޓެއް ފޮނުވަން ޖެހޭނެ .ދެވަނަ މަހު ނުދެއްކީމަ ޚިދުމަތް ކަނޑާލަން ޖެހޭނެ .

  3. ގްރީން

    އިރުއިރުކޮޅާާ ކިޔާއަޑުއިވެނީީ ގްރީީންޓެކުސްގެގޮތުގަަ އެތައްސަތޭކަަ މިލިޔަންރުފިޔާަ ލިބޭވާހަކަަ އެއީީ ކޮންކަމަކަށޭކިޔާފަަ ނަގަމުންގެންދާާ އެއްޗެއްތަަ

  4. 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ފައިސާ ކޮޅެއް ހޯދަން ސިޔާސީ ވަފާތެރި ކެހިވެރިން ރައްޔިތުންގެ ޖީބު ލޫޓުވަނީ ޔުޓިލިޓީ ކިޔާއިގެން ! ބަލަ ރައްޔިތުންގެ އަތުން ޓެކުސް ނަގަނީ ރައްޔިތުންނަށް އަސާސީ ޙިދުމަތް ފޯރުކޮށްދޭކަށެއް ނުންތަށް ! ޓެކުސް ފައިސާ އެއީ ސިޔާސީ މީހުން ޖީބަށްލާން ނަގާއެއްޗެއް ތޯ !

  5. ށުމަން

    ށައުނާ އަށް ވ ބޮޑު ބަޔަށެއް އެޅޭ ގޮތަށް ހެދުނު ޑީލެއް މީ!!