ރިޔާސީ އިންތިޚާބު އޮޅުވައިލިކަން އެއްބަސްވާން ޔާމީންގެ ގާތް ބަޔަކު ބޮޑު އޮފާއެއް ދިން: ޝަރީފު
2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވައިލިކަމަށް އެއްބަސްވާން ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅުންތަކެއް ބޮޑު އޮފާއެއް ދިންކަމަށް އޭރު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީ.ޕީ.އެމްގެ އިސް ސަފުގައި އަދި ރައީސް ޔާމީންގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަވި ޝަރީފަށް ޕީ.ޕީ.އެމުން ވަނީ ރިޔާސީ އިންތިޚާބު އޮޅުވައިލިކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކޮށްފައެވެ. އަދި އިންތިޚާބު އޮޅުވައިލިކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފައި ވެސް ވެއެވެ.
މިކަމާ ގުޅޭ ގޮތުން ވީޓީވީގެ ބޮޑުފެންޑާ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އިދިކޮޅުން އޭރު ޝަރީފްގެ ބޮލުގައި އެޅުއްވީ ވަރަށް ޒާތީ ތުހުމަތުތަކެއް ކަމަށާއި އެފަދަ ތުހުމަތުތަކެއް ކުރި ނަމަވެސް އޭނާއަކީ އެފަދަ ނުފޫޒެއް ފޯރުމުގެ ބާރެއް ޤާނޫނީ ގޮތު ންވެސް ލިިބިފައިވާ މީހެއް ނޫން ކަމަށެވެ.
މިހާރު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޝަރީފް އިތުރަށް ވިދާޅުވީ، އޭނާ ޣައްދާރެއްގެ ގޮތުގައި އިދިކޮޅުން ލޭބަލް ކުރީ އެ ހުށައެޅުން ޤަބޫލު ނުކުރުމުން ކަމަށް ވެދާނެކަމަށެވެ. ނަމަވެސް ޝަރީފަށް ލިބުނީ ކޮން ކަހަލަ ހުށައެޅުމެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ރައީސް ޔާމީންގެ ކައިރީގައި އަރިސްކޮށް ތިއްބެވި ބޭފުޅުން އަޅުގަނޑަށް އޮފާސްތަކެއް ކުރަމުންދިޔަ. އެއީ އަޅުގަނޑު އިންތިޚާބުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ކުރި ކަމަށް އަޅުގަނޑު ހަމައެކަނި މީޑިއާގައި ބުނެލަން ޖެހެނީ. ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި ހަވާލުވެލެއްވުމަށް ފަހު ޝަރީފްވަނީ އެމް.ޑީ.ޕީއާ ގުޅެން ޖެހިދާނެ ފަދަ އިޝާރާތެއް ވެސް ކުރައްވައިފައެވެ. އެގޮތުން ކުރީގައި އެމް.ޑީ.ޕީގެ ފިކުރު ނުދިޔަ ނަމަވެސް މިހާރު އެމް.ޑީ.ޕީގެ ވިސްނުމާ އޭނާގެ ވިސްނުމާ ދިމާވާކަމަށް ވިދާޅުވިއެވެ.
އެއަށްވުރެ ބޮޑު އޮފާއެއް އިންތިހާބު އޮޅުވާލަން ދިނޭ
ކީއްވެތޯ ތެޅިގަނެގެން ވޯޓުކަރުދާސްތައް އަންދާލީ؟
ކަލެއަކީ އިތުބާރު ގެއްލިފަ ހުރި މީހެއް އަގަ ހިމޭނުން ލައިގެން ހުރެވޭތޯ ބަލާ ދެންވެސް. ވާހަކަ ގިނަވި ވަރަކަށް ބޭޒާރުވަމުން ދާނީ .
ޥޯޓު އޮޅުވާ ނުލާނަމަ ތިޔަހުރި މަގާމެއް ކަލެއަކަށް ނުދިނީސް އެކަން ގަބޫލުކުރާނެ އެމްޑީޕީ ސަޕޯޓަރުންވެސް.
އެއަށްވުރެ ބޮޑު އޮފާއެއް ލިބިގެން ތިހިރީ. އައްޑޫ އަނބީގެ ގެ ހެދިގޮިތްވެސް އެނގޭ.އަދިވެސް އެނގޭ ކަންކަން ބައިވަރު
މިއަދުތޯތިޔައޮފާގެވާކަ ހަނދާނައްތިއައީ
އަދުލުއިންސާފުގެދަރުބާރައްކޮންމެއަޅަކު
ވެސްދާންޖެނެކަން އަބަދުބަހައްޓަވާ
ހުސްދޮގު ވޯޓް ވަގު
އަނިޔާވެރި ޖައްބާރުންގެ ގާތުގައި ޢަދުލުވެރި ޚިދުމަތްތެރިންނަކަށް ނޫޅެވޭނެ،، ރައީސް ޔާމީނަކީ ދުނިޔެމަތީގައި އެންމެ އަނިޔާވެރި ޖައްބާރު އިންސާނާ އަހަރެން ސުފަކުރަނީ ދެވަނަ ފިރްޢައުނުގެ ގިތުގައި
މިހާރު ތިޔަދައްކާ ވާހަކައިން އިގެނީ މިސަރުކާރުން މާބޮޑު އޮފާ އެއް ލިބިގެން ވޯޓް އޮޅުވާލިކަން މިސަރުކާރުން މަގާމު ދީފި އެހެންވީމަ ސައްކެއްނެއް މިންވަރަށް އިގޭ އޮފާ ދިނީ ކާކުކަން