ޚަބަރު ރާއްޖޭ ކުޅިވަރު ކުޅިވަރު ފުޓްބޯޅަ

ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ދައްކައިފި، ގަދަ ޓީމަކާ އެކު ވިކްޓްރީ އެނބުރި އަންނަނީ!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
2018 ވަނަ އަހަރުގެ ލީގު މެޗެއްގެ ތެރެއިން ވިކްޓްރީގެ ކުޅުންތެރިއެއް | ފޮޓޯ: އިމޭޖަސް.އެމްވީ

ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދޭ މައްސަލައިގައްޔާއި އިދާރީ މައްސަލަތަކެއްގައި ސަސްޕެންޑުކޮށްފައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބުން ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ހަމަކޮށް އެފް.އޭ.އެމްއާ ހަވާލުކޮށްފިއެވެ.

Ads by MWSC

މިދިޔަ މަހުގެ 29ވަނަ ދުވަހު ވިކްޓްރީގެ އައު ބޯޑެއް އިންތިހާބުކޮށް ޓީމު އަނބުރާ ގެނައުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވަނީ މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަޤާމުގައި މިހާރު ހުންނެވި ވިކްޓްރީގެ ކުރީގެ ކުޅުންތެރިޔާ ހުސައިން އާދަމެވެ.

ވިކްޓްރީން ދައްކަން ޖެހޭ ފައިސާ ދެއްކުމާ އެކު އެ ޓީމަށް އަނބުރާ ފުޓުބޯޅައިގެ ތެރެއަށް އާދެވޭނެއެވެ. އެހެން ނަމަވެސް އެ ޓީމު އަލުން ފަށަން ޖެހޭނީ ދެވަނަ ޑިވިޝަނުންނެވެ. އެ ޓީމުގެ އައު ބޯޑުން މިހާރު ވަނީ ޖުލައި 4ވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަނަށް ގަދަ ޓީމެއް އެކުލަވައިލައިފައެވެ.

އެގޮތުން ބިދޭސީ ހަތަރު ކުޅުންތެރިންނާ އެކު 26 ކުޅުންތެރިންގެ ސްކޮޑެއް ހަމަޖައްސައިފައިވާ އިރު ޓީމުގެ ކޯޗެއްގެ ގޮތުގައި ސްރީލަންކާގެ ކޯޗު ޕަކީރު އަލީ ވަނީ ހަމަޖައްސައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!