ޚަބަރު ސިޔާސީ

ކެނެރީގޭ ފާރުގައި 'އިންޑިއާ އައުޓު' ޖެހުމުން ނާޒިމް ސައްތާރުގެ ނުރުހުން: ޔާމީން ބުމަ ދޭތެރޭ ޖަހާ!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓު' ކެމްޕެއިނުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ކެނެރީގޭ ފާރުގައި 'އިންޑިއާ އައުޓު' ޖެހުމުން ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު އެކަމާ ނުރުހިއްޖެއެވެ.

Ads by Sosun Fihaara

ނާޒިމް ސައްތާރު މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، އިދިކޮޅު ލީޑަރު ރައީސް ޔާމީންގެ "ދެ ބުމަ ދޭތެރޭ އިންޑިއާ އައުޓު ޖަހާ ބަލަ، އޭރުން ނިއްކުރިއަށް އަލިކަން ލިބި މޫނަށް ހިނިތުންވުން ގެނެސް ދޭނެ" ކަމަށެވެ.

އިދިކޮޅުން މާލޭގެ އެކި ހިސާބުތަކުގައި އިންޑިއާ އައުޓު ޖަހަމުންދާ އިރު، މީގެ ކުރިން ވަނީ ޤާސިމް އިބްރާހިމްގެ ގެކޮޅުގައި ވެސް އިންޑިއާ އައުޓު ޖަހައިފައެވެ. މީގެ އިތުރުން އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ދިރިއުޅުއްވާ ފްލެޓުގެ ކުރިމަތީގައި ވެސް ބޮޑުކޮށް އިންޑިއާ އައުޓު ޖަހައިފައި ވެއެވެ.

އިދިކޮޅުގެ މި ކެމްޕެއިނާ ސަރުކާރުން ދެކޮޅު އިރު، މި ކެމްޕެއިނު ހުއްޓުވުމަށް ރައީސް ޞާލިޙު ވަނީ ހާއްސަ ޤަރާރެއް ވެސް ނެރުއްވައިފައެވެ. މީގެ އިތުރުން، އިންޑިއާ އައުޓު ޖަހައި މާލޭގެ އެކި ހިސާބުތަކުގައި ދަމާފައިވާ ބެނާތައް ވެސް ފުލުހުން ނަގައިފައި ވެއެވެ.

  1. ރޔާމީން އެކަންޏެއް ނޫނޭ އިންޑިއާ އައުޓު ބޭނުން ވަނީކީ ރާއްޖޭގަ އުޅޭ ތިކަހަލަ ޢައްދާރަކު ފިއަވާ، ގައުމުދެކެ ލޯބިވާ އެއްމެންވެސް ބޭނުންވަނީ އިންޑިއާ ބޭރު ކުރަން ރޔާމީންގެ ދެބުމަދޭތެރެ ކީއްކުރަން ގައުމުގެދިފާއުގާ ވަތޮނީ ވިސްނުމުގާ މިނިވަންކަމުގެ ދިފާއުގާ ގައުމުގެ ސިލްމާ ސަލާމަތުގާ މި އުޅޭ އެންމެންގެ ދެބުމަދޭތެރެއެއްނޫން ދެލޯ އެންޏެއްނޫން ހަށިގަނޑުގެ ބޭރު ފުށާ އެތެރެ ހަށީގެ ގުނަވަންތަކުގާވެސް ގުގުމާފަ ހުރީ ހަމަ އިންޑިއާ އައުޓު، ރޔާމީނަކީ ގައުމީބަތޮލެއް، ގަުމީ ލީޑަރެއް، ގައުމީ ޝަޚުސިއްޔަތެއް، ރޔާމީނަކީ ތިމާމެންގޮތަށް ގައުމު ވިއްކައިގެން ބަނޑުފުރާނަ މުއްތި ކުރާނެ ޢައްދާރެއްނޫން، ގައުމާރައިއްޔަތުން ރަހުނުކޮށް ތިމާމެންހެން ނީލަންކިއާނެ ޢައްދާރެއް ނޫން، ނާޒިމުސައްތާރޫ ތި ކރަފާއާއި ތި ސިއްކާއާއި ލާމެހިގެން މީގެ ކުރީގާވެސް ވަނީ ގައުމުގޮވާލާފަ، މިފަހަރުވެސް ފަރަންޖީންގެ ބަޔަކާ ގުޅިގެން ގަނެލައިގެން ތި ފެށީ ގައުމު ސުންނާފަތިކޮށް މިލޮބުވެތި ގައުމު ބޭރުގެ ފަރަންޖީންތަކަށް ވިއްކާލަން، ހަނދާން ނައްތާލާ އެކަމެއްނުވާނެ، އިންޝާﷲ.